އިއްތިހާދު އެއާވޭސް ޕްރޮމޯޝަނަލް އިވެންޓުގެ ނަސީބުވެރިން ހޮވައިފި

އިއްތިހާދު އެއާވޭސް ޕްރޮމޯޓްކުރަން ރާއްޖޭގައި ބޭއްވި ޕްރޮމޯޝަނަލް އިވެންޓުގައި ނަސީބުވެރިއަކަށް ހޮވުނު ދެ ފަރާތަކަށް ދުބާއީ ދެކޮޅު ޓިކެޓު އެ އެއާލައިނުން ހަވާލުކޮށްފި އެވެ. އިއްތިހާދު އެއާވޭސްގެ ޖެނެރަލް ސޭލްސް އެޖެންޓް "އެއާ ޕްލަސް" އިން އިންތިޒާމުކޮށްގެން ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި އިވެންޓުގައި ގުރުއަތުން ހޮވިފައިވަނީ އިސްމާއިލް ރަޝީދު އާއި ސަކީނާ މޫސާ އެވެ. ވޯލްޑް ލީޑިން އެއާލައިންގެ ވަނަ ލިބިފައިވާ ޔޫއޭއީގެ ގައުމީ އެއާލައިން ކަމަށްވާ އިއްތިހާދު އެއާވޭސް އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ އެ އެއާލައިނަކީ މިހާރު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ތެރެއިން އެންމެ އަގު ހެޔޮކޮށް ޓިކެޓު ވިއްކާ އެއާލައިން ކަމަށެވެ. އެ އެއާލައިނުން ރާއްޖެ އާއި ދުބާއީ ދެކޮޅު ޓިކެޓު ވިއްކާ އަގަކީ 574 ޑޮލަރު ކަމަށްވެސް އެ އެއާލައިނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ