މާލެ ތަރައްޤީ ކުރުމަށް ސަރުކާރުތަކުން މީގެކުރިން އިސްކަންދިން ފަދައިން އަތޮޅުތަކުގެ ތަރައްޤީއަށް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރި ސަތޭކައަށްވުރެ ގިނަ މެންބަރުންގެ ފޯމް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ހަވާލުކުރުމަށް މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ މާލޭގެ ތަރައްޤީއަށް އިސްކަންދިން ފަދައިން އަތޮޅު ތެރޭގެ ތަރައްޤީއަށް އިސްކަންދެވިފައި ނެތް މަންޒަރު އަތޮޅު ތެރެއިން ފެންނަމުންދާ ކަމަށެވެ.
ރާއްޖޭގެ އާބާދީ އެއްފަސްކުރެވިގެން އަތޮޅުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރެވުނު ނަމަ އަތޮޅުތައް ތަރައްޤީ ކުރެވޭނެ ކަމަށް ޤަބޫލުކުރައްވާކަން ހާމަކުރައްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ އަތޮޅުތަކުގެ ތަރައްޤީއަށް އިސްކަންދެވިފައި ނުވަނީ އަތޮޅު ތެރޭގެ ހާލަތު އެންމެ ރަގަޅަށް އިހްސާސްކުރެވިފައި ނުވާ ބޭފުޅުން ވެރިކަން ކުރެއްވުމުން ކަމަށެވެ.
މާލެއާއި އެއްގޮތަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްޤީ ކުރެވޭނެ މުހިއްމު ސަރަހައްދުތައް ހުރިކަން ފާހަގަކުރައްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެތަންތަން ތަރައްޤީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޖޭޕީގެ ވެރިކަމެއްގައި އަތޮޅުތަކުގެ ތަރައްގީއަށް އިސްކަންދޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ