އެމްޑީޕީން ކުރިއަށް ގެންދާ "އިންސާފުގެ ދަތުރު" ގެ ކެމްޕޭން އިތުރަށް ވަރުގަދަކޮށް "“އިންސާފުގެ ދަތުރު މެކުހަށް” މިނަމުގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި ސީދާ ހަރަކާތް ކުރިއަށް ގެންދިއުމަށް އެމްޑީޕީން އެޕާޓީގެ މެންބަރުންނަށް ގޮވާލައިފިއެވެ.
އެމްޑީޕީގެ ރަސްމީ ވެބްސައިޓުގައި މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ ޤައުމީ މަޖިލީހުން ރޭގައި ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި “އިންސާފްގެ ދަތުރު”ގެ ނަމުގައި ހިންގާ ކެމްޕެއިން އިތުރަށް ވަރުގަދަކޮށް “އިންސާފްގެ ދަތުރު މެކުހަށް” މި ނަމުގައި މިއަދުން ފެށިގެން ކެމްޕެއިން ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން ކޮންމެ ދުވަހަކު މެންދުރު 2 ން ފެށިގެން ސުޕްރީމް ކޯޓުގެ ކުރިމަތީގައި “ސީދާ ހަރަކާތް” ކުރިއަށް ދާނެ ކަމަށާ، އަދި “އިންސާފުގެ ދަތުރު މެކުހަށް” މި ކެމްޕެއިންގައި ވީހާ ވެސް ގިނަ މެމްބަރުން ބައިވެރިވުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
ސުޕްރީމް ކޯޓުގެ ކުރިމަތީގައި މުޒާހަރާ ކުރުމަށް އެމްޑީޕީން އެޕާޓީގެ އާންމު މެންބަރުންނަށް ގޮވާލާފައި މިވަނީ މާލެ ސިޓީ ހޯލުގައި ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން މަޤާމުން ވަކިކުރެއްވުމަށް މަޖިލީހުގައި އެދުމަށާ، މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުން ބާތިލް ކުުރަމުންދާތީ އެކަމާއި ދެކޮޅަށް އިހްތިޖާޖު ކުރުމަށް ފާސްކޮށްފައިވަނިިކޮށެވެ.
ކޮންމެ ދުވަހަކު ސުޕްރީމް ކޯޓް ކައިރީ މުޒާހަރާކުރަން އެމްޑީޕީން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ