މައިލޯއިން ތިން އަހަރަށް ސްކޫލް އެތްލެޓިކްސް ސްޕޮންސާ ކޮށްފި

އެތުލެޓިކްސް އެސޯސިއޭޝަނުން ކޮންމެ އަހަރު މާލޭގައި ބާއްވާ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިޔަށް އޮތް ތިން އަހަރަށް މައިލޯއިން ސްޕޮންސާ ކޮށްފި އެވެ.
މައިލޯއިން މި މުބާރާތް ސްޕޮންސާކުރުމުން 2015 ވަނަ އަހަރާ ހަމައަށް އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ "މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް" ގެ ނަމުގައެވެ.
މައިލޯއާއެކުވި އެއްބަސްވުމުގެ ދަށުން އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިތުރުން އެސޯސިއޭޝަނުން ކުރިޔަށްގެންދާ ކިޑްސް އެތުލެޓިކްސް ޕްރޮގްރާމް ވެސް މައިލޯ އިންވަނީ ސްޕޮންސާކޮށްފަ އެވެ. އެތުލެޓިކްސް އެސޯސިއޭޝަނާއި މައިލޯ އާއި ދެމެދުވި އެއްބަސްވުމުގެ އަގު ހާމަކޮށްފައެއް ނުވެ އެވެ. މި އެއްބަސްވުމުގެ ދަށުން މައިލޯ އިން އެސޯސިއޭޝަނަށް ފައިސާ އާއި އެހެނިހެން އެހީތައް ވެދޭނެ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން މައިލޯ ޕްރޮމޯޓް ކުރުމަށް އެސޯސިއޭޝަންގެ އެތުލީޓުންނާއި އެސޯސިއޭޝަނުން ވެސް މަސައްކަތް ކުރާނެ އެވެ.
އެއްބަސްވުމުގައި އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު އޮލާލް އެވެ. މައިލޯގެ ފަރާތުން ސޮއިކުރީ ނެސްލޭ ލަންކާ ކުންފުނީގެ ރާއްޖޭ އޮޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖާ ދިޝާން ވިޖަޔަވަރުދަނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ