މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލަށް

ސަތާރަ ވަނަ މައިލޯ އިންޓަ ސްކޫލް ޗެމްޕިއަންޝިޕުގެ 15 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދައިފި އެވެ. މުބާރާތުގައި އެ ސްކޫލުގެ ޓީމުން 10 ރަން މެޑަލާއި 18 ރިހި މެޑަލް އަދި ހަ ލޯ މެޑަލް ހޯދި އެވެ. މި އުމުރުފުރާ އިން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އިސްކަންދަރުގެ މުހައްމަދު ނާއިލް އެވެ. އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ އެ ސްކޫލުގެ އައިޝަތު ޒާރާ އާތިފެވެ. ުމުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަން ސްކޫލަކީ ތާޖުއްދީން ސްކޫލެވެ. އެ ސްކޫލުން 16 ރަން މެޑަލާއި 10 ރިހި މެޑަލް އަދި 19 ލޯ މެޑަލް ހޯދި އެވެ. މި އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ތާޖުއްދީން ސްކޫލުގެ ޚިލްދާން އަހުމަދު ޝަފީގެވެ. އަދި އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ އަރީން އަލީ ޝަރީފެވެ. މުބާރާތުގެ 11 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ސްކޫލަކަށް ހޮވުނީ މަދަރަސަތުލް ޝެއިޚް މުހައްމަދު ޖަމާލުއްދީނެވެ. އަންހެން ޗެމްޕިއަން ސްކޫލަކީ ތާޖުއްދީން ސްކޫލެވެ. މަދަރަސަތުލް ޝެއިޚް މުހައްމަދު ޖަމާލުއްދީނުން ފަސް ރަން މެޑަލާއި ތިން ރިހި މެޑަލް އަދި ދެ ލޯ މެޑަލް ހޯދި އެވެ. މި އުމުރުފުރާ އިން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ މަދަރަސަތުލް ޝެއިޚް މުހައްމަދު ޖަމާލުއްދީނުގެ މުހައްމަދު ޔަތޫފް ގާސިމެވެ. އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ތާޖުއްދީނުގެ އައިޝަތު ޝަބާ ސަލީމެވެ. މައިލޯ އިން ސްޕޮންސާކޮށްގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މުބާރާތް ނިމުނީ އިއްޔެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ