އިންތިހާބު ބާތިލު ކުރަން އެދުނު މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ އިންތިހާބުގެ ނަތީޖާ ބާތިލު ކޮށްދިނުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ކޯޓުން އެ މައްސަލަ ބަލައިގެންފައިވާކަން ޖުމްހޫރީ ޕާޓީގެ ގާނޫނީ ވަކީލް މުހައްމަދު ހަލީމް ވީނިއުސްއަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތްކަން އެ ޕާޓީއަށް އަންގާފައިވާ ކަމަށާއި އިޖުރާތުތައް ފުރިހަމަކޮށް ކޯޓަށް ފައިސާ ދެއްކުމަށް ސުޕްރީމް ކޯޓުން އެ ޕާޓިއަށް އަންގާފައިވާ ކަމަށެވެ.
ޖުމްހޫރީ ގުޅުމުން ސުޕްރީމް ކޯޓަށް ހުށަހެޅީ ދުސްތޫރީ މައްސަލައެކެވެ. ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު އިއްޔެ ހަލީމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އުއްމީދުކުރާ ވަރުގެ ހުކުމެއް މި މައްސަލައިގައި އަންނާނެ ކަމަށެވެ
"އަޅުގަނޑުމެން މައްސަލަ ހުށަހެޅުއްވީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގައި ވޯޓްލުމަކީ ލިބިގެންވާ އަސާސީ ހައްގަކަށްވާތީ އެމައްސަލައިގައި ހިމެނޭ ދުސްތޫރީ ކަންކަމަށް ބަލާފައި. ރައްޔިތުން ވޯޓްލީ ގޮތް ނަހަމަގޮތުގައި ބޭނުމެއް ނުހިފޭނެ. މިމައްސަލައިގެ ތަފްސީލަށް މިއަދު މާބޮޑަށް ދިއުމުގެ ބަދަލުގައި ކުރިއަށް ދުވަސް ތަކުގައި މި ތަފްސީލް އަޅުގަނޑުމެން ހިއްސާކުރަމުންދާނެ،" ހަލީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ