މިނިޓަށް ކަރަންޓް ގޮސް އައިއެންއީއޭގެ ހިދުމަތްތަކަށް ބުރޫ އަރައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މިނިޓަކަށް ކަރަންޓް ގޮސް އެއާޕޯޓްގެ ހިދުމަތްތަކަށް ބުރޫއަރައިފި އެވެ.
ވީނިއުސްއަށް މައުލޫމާތުދެމުން އައިއެންއީއޭ ހިންގާ އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އޮފިޝަލަކު ވިދާޅުވީ، މިރޭ 9:30 އެހާއިރު މިނެޓެއްހާއިރަށް ކަރަންޓް ދިޔަ ކަމަށާއި އެހެން ނަމަވެސް މިހާރު ހުރިހާ ޚިދުމަތެއްވެސް އަލުން ކުރިއެކޭ އެއްގޮތަށް ދޭ ފަށާފައިވާ ކަމަށެވެ.
އެ އޮފިޝަލު ވިދާޅުވީ، މިނިޓެއްހާއިރަށް ކަރަންޓް ދިޔުމުން އެ ގަޑީގައި ޗެކިންވެފައި ތިބި މީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވި ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓް ކެނޑުނީ ޝޯޓެއް ވެގެން ކަމަށެވެ.
އައިއެންއީއޭ އިން މިރޭ ކަރަންޓް ގޮސްފައިވާއިރު މާލޭގެ އެކި ސަރަހައްދުތަކުންވެސް މިރޭ 6:30 އެހާއިރު ވަނީ 10 ވަރަކަށް މިނިޓަށް ކަރަންޓު ކެނޑުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ