ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަށް މިއަދަށް ފަހު ޗުއްޓީ ހަމަޖައްސަންވާނީ އެކަން ސުޕްރީމް ކޯޓަށް ހުށަހަޅައި ސުޕްރީމް ކޯޓުން އެފަނޑިޔާރަކު ޗުއްޓީ ނަންގަވަން ހުއްދަ ދެއްވުމުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން މިގޮތައް ކަނޑައެޅި އެކޯޓުން އާންމުކޮށްފައިވާ ސިޓީއެއްގައެވެ.
ސިޓީގައި ވިދާޅުވެފައި ވަނީ ފަނޑިޔާރުން ޗުއްޓީ ނެންގެވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ހުއްދަ ނަންގަވަން ޖެހޭ ގޮތައް ހަމަޖެއްސެވީ މިހާރަކަށް އައިސް އެއްފަހަރާ ގިނަ އަދަދެއްގެ ފަނޑިޔާރުން ޗުއްޓީގައި ތިބޭތީ ކޯޓުތަކުގައި ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވާ ޖަދުވަލުތަކާއި އެއްގޮތައް ޝަރީއަތް ބޭއްވުމަށް ހުރަސް އެޅެމުންދާކަން ފާހަގަކުރެވޭތީ ކަމަށެވެ.
ފަނޑިޔާރުންނަށް ޗުއްޓީ ނެގޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ