އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލަ ކޯޓުން ބަލައިގެންފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އަބްދުލްގަފޫރު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލަ، ކްރިމިނަލް ކޯޓުން ބަލައިގެންފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި އެ މައްސަލަ ބަލައިގަތީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް މިހާރު އެކުލަވާލާފައިވާ ކަމަށްވެސް، އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ކޮންމެ ބޭފުންތަކެއްކަން އެނގިފައެއް ނުވެއެވެ.
ފިސްތޯލައެއް ގެންގެޅުނު މައްސަލާގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އަދީބުގެ އެޕާޓުމެންޓެއްގައި ފިސްތޯލަ ގެންގުޅުނު ކަމަށް ތުހުމަތުކޮށް ފޮނުވާފައިވާ މައްސަލައަކީ، އެމަނިކުފާނު ހައްޔަރުކޮށް ބ.ހިބަޅިދޫއިން ހަތިޔާރު ފެނުނު ފަހުން އާއްމުންގެ ބަޔަކު ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ