އެޖެންޑާ 19 އިން ކަރަންޓުގެ އަގު ހެޔޮވާނެ: ނަޝީދު

އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެކުލަވާލާފައިވާ އެޖެންޑާ 19ގައި ކަރަންޓްގެ އަގު ހެޔޮކުރަން އިސްކަންދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ގުރައިދޫ ދާއިރާ އަށް ވާދަކުރައްވާ އާދިލް ސަލީމްގެ ކެމްޕެއިން ފެށުމަށް އިއްޔެ ކ. މާފުށީގައި ބޭއްވި ކެމްޕެއިން އިވެންޓުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެޖެންޑާ 19 އިން ކަރަންޓުގެ އަގު ތިރިކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ރާއްޖެއަށް ތަނަވަސްކަން ގެނައުމަކީ ވެސް އެމްީޕީގެ ތަސައްވަރެެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. "ކޮންމެހެން 100 ޔުނިޓަކުން މައްޗަށްތޯ އެހެން އެއްޗަކުން މައްޗަށްތޯ ބަލާނެކަމެއް ނެތް،" ނަޝީދު ވިދާޅުވި އެވެ. މާފުއްޓަކީ ސަރުކާރަށް އެންމެ ގިނައިން ޓެކްސް ދައްކާ ރަށް ކަމަށާއި މާފުށީގެ ތަރައްގީ މިސާލެއްގެ ގޮތުގައި ވޯލްޑް ބޭންކުން އެހެން ގައުމުތަކަށް ދައްކާ ކަމަށެވެ. މާފުށީ ބިން ހިއްކުމަކީ ސަރުކާރަކާ ގުޅުން އޮތް ކަމެއް ނޫން ކަމަށާއި ލާ މަރުކަޒީ އުސޫލުން ކައުންސިލް ހިނގަން ފެށުމުން 10 ވަރަކަށް ދުވަސްތެރޭ ރަށުގެ ބިން ހިއްކާލެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ