ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ އަގުވެއްޓި އިތުބާރު ގެއްލިދާ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުން އިންތިހާބު ތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ.
ެރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިއަހަރު ބާއްވާ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަކީ ސުޕްރީމް ކޯޓަށް "އަމުދުން ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމްގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ ބާތިލްކޮށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކުރިއަށް އޮތް މާޗު މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް އިންތިހާބުގައި ވާދަކުރަން އެދޭ ފަރާތްތަކަށް ފުރުސަތު ދިނުމަށް އަމުރުކުރާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ އެ މާއްދާ ބާތިލް ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެ ވަޑައިގެންނެވި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ނަޝީދު ފާޑު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ