ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ފެކްޝަނުން އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ފަށައިފިކަން "ވަގުތަށް" ކަށަވަރު ވެއްޖެއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި މިކައުންސިލް ބައްދަލުވުމުގެ ކޯރަމް ވަނީ ހަމަވެފައެވެ. މިބައްދަލުވުމުގައި އިއްޔެ ރައީސް މައުމޫން ކައުންސިލަށް އައްޔަން ކުރެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް "ވަގުތަށް" ވަނީ އެނގިފައެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ކައުންސިލް ބައްދަލުވުމެއް ފަށާފައިވާއިރު ކޯޓުން ވަނީ ޕީޕީއެމްގެ ހިންގުން ރައީސް ޔާމީން އާއި ހަވާލު ކުރަން އަމުރުކޮށް 24 ގަޑިއިރު ތެރޭގައި ކައުންސިލް ބައްދަލުވުމެއް ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ބޭއްވުމަށް އަމުރު ކޮށްފައެވެ.
މިއަމުރާއި އެއްގޮތައް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ 21:00 ގައި ބޭއްވުމަށް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ނިންމާފައެވެ.
ޕީޕީއެމްގެ އޮފީހުގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ ވެސް މިހާރު އެބަހުންނެވި އެވެ. އޭގެ އިތުރުން އެމްޑީއޭގެ މަޖިލިސް މެންބަރަކު ވެސް ޕީޕީއެމްގެ އޮފީހުގައި އެބަހުންނެވިއެވެ.
ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލިމާލޭ ދާއިރާގެ މެންބަރު ނިހާން ވިދާޅުވީ އެމްޑީއޭގެ މެންބަރަކު އަދި އެބޭފުޅާ އަށް އެބޭފުޅާ އުޅުއްވާ ޕާޓީ އެއް ނޭންގޭ ބޭފުޅަކު ޕީޕީއެމްގެ އޮފީސްތެރޭގައި ކުރައްވަނީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ވިދާޅުވީ ޕީޕީއެމް އޮފީސް ތެރޭގައި ކުރިއަށްދަނީ "ސިއްރު" ބައްދަލުވުމެއް ކަމަށް. މިހާރު ކުރިއަށްދާ ކައުންސިލް ބައްދަލުވުމާއި މެދު ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން ނިހާން ވިދާޅުވީ "ޕާޓީއަށް ގެއްލުން ދޭން އުޅޭ ބަޔަކާއިއެކު ސިއްރު ބައްދަލުވުމެއް ބޭއްވުމަކީ އެތެރޭގެ ބަޣާވާތެއް ކުރުން ކަހަލަ ކަމެއް ކަމަށް."
މައުމޫން ފެކްޝަނުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ