ޖުމްހޫރީ ޕާޓީގެ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި ގާސިމް ލަންކާއަށް ވަޑައިގެންފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައިއެވެ. ގާސިމްގެ އަރިހުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު ވެސް ލަންކާއަށް ވަޑައިގެންނެވިއެވެ.
ނަމަވެސް ޝާހިދު އާއި ޝިހާބު ވަނީ މިދިޔަ ހަފްތާގައި ރާއްޖެ ވަޑައިގެންފައެވެ.
އެމްޑީޕީ އާއި ޖޭޕީގެ އިސް ވަފުދެއް ލަންކާއަށް ވަޑައިގެންފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތު ބޭރުގެ ފަރާތްތަކާއި ހިއްސާ ކުރުމަށެވެ.
އެގޮތުން މި ވަފްދުގެ ބޭފުޅުން ވަނީ ލަންކާގެ ރައީސް މައިތްރަޕާލާ ސިރިސެނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ލަންކާގައި ހުންނަވާ ޔޫރަޕްގެ ގައުމުތަކާއި އެހެން ވަރަށް ގިނަ ގައުމުތަކުގެ ސަފީރުންނާއި ވެސް ބައްދަލުކުރައްވާފައެވެ.
“ގާނޫނުއަސާސީގެ ދިފާއުގައި ދިވެހިން”ގެ ނަމުގައި އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީން ހުކުރު ދުވަހު ހަވީރު ބޭއްވި މުޒާހަރާގައި ގާސިމް އިބްރާހިމް ބައިވެރިވަޑައިގަތުމަށް ކުރިން މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް މަޑުކުރެއްވީ ލަންކާގެ ރައީސްއާ ބައްދަލު ކުރެއްވުމަށެވެ.
ގާސިމް މިއަދު މެންދުރުފަހު މާލެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ