ސޭފްޓީ ކޮންފަރެންސްގެ ގޯލްޑް ސްޕޮންސަރަކަށް ޕާކިސްތާން ހައި ކޮމިޝަން؛ ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ފަޔަ، ސޭފްޓީ އެންޑް ސެކިއުރިޓީ އިންޑަސްޓްރީ (މަފްސީ)ން އިންތިޒާމުކުރާ 'މޯލްޑިވްސް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް 2026'ގެ ގޯލްޑް ސްޕޮންސަރަކަށް ޕާކިސްތާނު ހައި ކޮމިޝަން ހަމަޖައްސައި އެ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އަންނަ 29-30 ސެޕްޓެމްބަރަށް ބާސެލޯ ނަސަންދުރަ މާލޭގައި ބާއްވާ މި ކޮންފަރެންސަކީ ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތީ ދާއިރާ ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ކޮންފަރެންސަށް އިތުރު ފުރިހަމަކަމެއް ލިބިގެން ގޮސްފައިވަނީ، ކޮންފަރެންސްގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނުން ސޮއިކުރުމާ ގުޅިގެންނެވެ.
ތަފްސީލް - މި އެއްބަސްވުމުގެ ސަބަބުން ސަލާމަތީ ކަންކަމާއި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ތަޖުރިބާ ހިއްސާކުރުމަށް މަގުފަހިވެގެންދާނެ އެވެ.
މި ކޮންފަރެންސަށް މިހާރު ވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވަނީ އެންޑޯޒްކޮށްފަ އެވެ.
މަފްސީން ބުނި ގޮތުގައި، މި ކޮންފަރެންސްގެ މަގުސަދަކީ ސަރުކާރުގެ އިދާރާތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތައް އެއްތަންކޮށް، ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމެވެ.
މި ހަރަކާތުގެ ތެރެއިން ރާއްޖޭގައި ހުންނަ އެކި ގައުމުތަކުގެ އެމްބަސީތަކާ ބައްދަލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މަސައްކަތް ވެސް މަފްސީން އަންނަނީ ކުރަމުންނެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސުގައި ތަޖުރިބާކާރުންގެ ތަގުރީރުތަކާއި ޕެނަލް ޑިސްކަޝަންތަކާއި ސަލާމަތީ ދާއިރާގެ އެންމެ ފަހުގެ އުފެއްދުންތައް ދައްކާލުމުގެ މައުރަޒެއް ވެސް ކުރިއަށްދާނެ އެވެ. މަފްސީން ވަނީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ކޮންފަރެންސްގައި ބައިވެރިވުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ