ހުޅުދުއްފާރު އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި
ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ އެ މަގާމުން ސަސްޕެންޑްކޮށްފި އެވެ. މެޖިސްޓްރޭޓް ސަސްޕެންޑްކުރީ 60 ދުވަހަށް ކަމަށް ޖޭއެސްސީން ބުނި ނަމަވެސް އޭނާއާ މެދު ފިޔަވަޅު އެޅީ ކޮން ތުހުމަތެއްގައި ކަމެއް ޖޭއެސްސީން ނުބުނެ އެވެ.ޖޭއެސްސީން ބުނީ އޭނާ ސަސްޕެންޑްކުރަނީ މައްސަލައިގެ ބާވަތާއި، ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބިނާކޮށް ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ އަސާސްތަކުގެ މައްޗަށް ކަމަށެވެ.ޖޭއެސްސީގެ އެތެރޭގެ އުސޫލުތަކުގައި ވެސް، އެ ކޮމިޝަނަށް ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ލިބުމުން އެ ޝަކުވާގައި ކުރާ ތުހުމަތުގެ ތަފްސީލް ހާމަނުކުރަން އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ