ދެކުނު ކޮރެއާއަށް ކުރިމަތިވެފައި ވަނީ އިގްތިސާދީ އަދި އިޖުތިމާއީ ހަމަޖެހުމަށް ނުރައްކާވާ ޑިމޮގްރަފިކް ކްރައިސިސްއެކެވެ. ދުނިޔޭގައި އެންމެ ދަށް ވިހެއުމުގެ ނިސްބަތް އޮންނަ ގައުމު ކަމަށް ދެކުނު ކޮރެއާ ރެކޯޑް ކުރެވިފައިވާ އިރު، 2022 ވަނަ އަހަރު ކޮންމެ އަންހެނަކަށް ނިސްބަތުން އުފަންވީ އެންމެ 0.78 ކުދިން ނެވެ. މީގެ މާނައަކީ ޤައުމުގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވެ ސައިޒު ކުޑަވަމުންދިއުމެވެ.
ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ އަލަށް ކުދިން ހޯދާ ބެލެނިވެރިންނަށް ތަފާތު އިނާޔަތްތަކާއި ހިލޭދޭ ސްކީމްތައް ތައާރަފްކޮށްފަ އެވެ. އެގޮތުން އަލަށް ދަރިން ހޯދާ އާއިލާތަކަށް 1 އަހަރާއި 6 މަހާ ދެމެދުގެ ތުއްތު ކުދިންނަށް މަހަކު 700،000 ވޮން (528 ޑޮލަރު) އަދި ދެ އަހަރުން ދަށުގެ ތުއްތު ކުދިންނަށް މަހަކު 350،000 ވޮން (264 ޑޮލަރު) ނަގުދު ފައިސާ ލިބޭއިރު، އެ ފައިސާ، 2024 ވަނަ އަހަރަށް ބަލާއިރު، އެއް މިލިއަން ވޮން (755 ޑޮލަރު) އާއި 500،000 ވޮން (377 ޑޮލަރު) އަށް އިތުރުވާނެއެވެ.
ކުދިން ސްކޫލަށް ގެންދާ އުމުރާ ހަމައަށް ކޮންމެ ކުއްޖަކަށް މަހަކު އިތުރު 200،000 ވޮން (151 ޑޮލަރު) ދޭއިރު، އާމްދަނީ ދަށް ގޭބިސީތަކަށާއި އެކަނިވެރި ބެލެނިވެރިންނަށް އިތުރު ފައިސާ ދިނުމަށްވެސް ވަނީ ހަމަޖައްސާފަ އެވެ.
އެހެނިހެން ފައިދާތަކުގެ ތެރޭގައި މާބަނޑު އަންހެނުންނަށް ބޭސްފަރުވާގެ ހަރަދާއި ދަރިމައިނުވާ މީހުންނަށް ފަރުވާ ދިނުމާއި ބޭބީސިޓިން ހިދުމަތާއި ކައިވެނި ކޮށްދިނުމުގެ ހަރަދު ވެސް ހިމެނެ އެވެ.
ދެކުނު ކޮރެއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބުސާންގެ ޑިސްޓްރިކްޓެއްގައި ތިން ފަހަރު ނުވަތަ އެއަށް ވުރެ ގިނަ ފަހަރު ވިހާނަމަ އިތުރު ބޯނަސްއެއްވެސް ދާދި ފަހުން ވަނީ ތަޢާރަފް ކޮށްފައެވެ. އެގޮތުން އެފަދަ ފަރާތްތަކަށް 500،000 ވޮން (377 ޑޮލަރު) އިން 10 މިލިއަން ވޮން (7،552 ޑޮލަރު) އަށް ބޯނަސް އިތުރު ކޮށްފައިވެ އެވެ. އަދި ހުޅަނގު ދެކުނު ސައުތު ޖެއޮލާ ޕްރޮވިންސްގެ ރަށްރަށުގައި ކުއްޖަކަށް މަހަކު 600،000 ވޮން (453 ޑޮލަރު) ގެ ސްޓައިޕެންޑް ހަތް އަހަރަށް ފޯރުކޮށްދެއެވެ. މިއީ 50.4 މިލިއަން ވޮން (38،000 ޑޮލަރު) އާ އެއްވަރުގެ އަދަދެކެވެ.
ދެކުނު ކޮރެއާގައި އަލަށް ކުދިން ހޯދާ އާއިލާތަކަށް 10،500 ޑޮލަރު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ