ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި، ހ. ލޮބީ، ހުސެއިން ހުމާމް އަހުމަދުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފު ކުރުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 1 އޮކްޓޫބަރު 2012 ގައެވެ. އަފްރާޝީމަށް ހަމަލާދީފައިވަނީ އެރޭ ޓީވީއެމްގެ ޕްރޮގްރާމަކަށް ވަޑައިގެންނެވުމަށްފަހު އެނބުރި އޭނާ ދިރިއުޅުއްވި ހ. ފުންވިލުގެއަށް ވަދެވަޑައިގެންނެވި ވަގުތު ސިޑިމަތިންނެވެ.
ޑރ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި 16 ޖެނުއަރީ 2014 ގައި ކްރިމިނަލް ކޯޓުން ވަނީ ހުމާމްގެ މައްޗަށް މަރުގެ ހުކުމް ކޮށްފައެވެ.
އަދި 7 ސެޕްޓެމްބަރު 2015 ގައި ހައިކޯޓުން ވަނީ އެ ހުކުމަށް ތާއީދުވެސް ކޮށްފައެވެ. ހައި ކޯޓުގެ ހުކުމް 24 ޖޫން 2016 ގައި ސުޕްރީމް ކޯޓުންވެސް ވަނީ ދަމަހައްޓާފައެވެ.
އަލުން ހުމާމުގެ ފާރާތުން ސްޕްރީމް އެ މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން އެ މައްސަލަ ބަލައިގަތުމާއި މެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ހުމާމަށް އިއްވި މަރުގެ ހުކުމް އިސްތިއުނާފު ކުރުމަށް އަނެއްކާވެސް ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ