އެމްޑީޕީގެ ހަރުގެ އަތުލަން އެތަނުގެ ވެރިފަރާތުން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.
އެމްޑީޕީގެ މައި ހަރުގެ ހިންގާ އިމާރާތް ހުސްކުރަން އެތަނުގެ ވެރިފަރާތުން މިދިޔަ މަހު އެންގި މައްސަލަ އެ ޕާޓީން އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ. އެމްޑީޕީން ދައުވާކުރަނީ ދެ ފަރާތުން އެއްބަސްވެފައިވާ ފަދައިން އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެތަން ބޭނުން ކުރެވޭނެ ކަމަށް ބުނެ އެވެ.
ނަމަވެސް އެމްޑީޕީން ދާދިފަހުން ވަކިވި އިސް މެމްބަރުންތަކެއް އިސްވެ އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރަޓްސް ޕާޓީން އިއްޔެ ވަނީ ހަރުގެ ހިންގާ ތަނަށް ވަދެ, އެތަން އަތުލައިފަ އެވެ. އެމްޑީޕީން އެކަން ސިފަކުރީ އެތަން ހިސޯރު ކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ.
އެމްޑީޕީން ސިވިލް ކޯޓުގައި އެދުނީ އެ މައްސަލަ ކޯޓުން ނިމެންދެން ހަރުގެ އަތުލުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
އެކަމަކު ކޯޓުން ނިންމި ނިންމުމުގައިވަނީ އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް މިވަގުތު ފެންނަން ނެތް ކަމަށެވެ.
އެމްޑީޕީއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެންކަމުން އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އެމްޑީޕީއަށް ނާކާމިޔާބު، ހަރުގެ އަތުލަން ކޯޓުން އަމުރެއް ނުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ