ރާއްޖޭގައި އަލަށް ތައާރަފް ކުރާ 'ހަލާލު ޓޫރިޒަމް' ކުރިއަށް ގެންދިޔުމަށް ހާއްސަ ރަށްތަކެއް ކަނޑައަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަކީ މުޅި ދުނިޔޭގައި ވެސް މަޝްހޫރު އަދި މެހުމާންދާރީގެ ނަމޫނާއެއް ކަމަށެވެ. އަދި މިހާރު ރާއްޖޭގެ އަމާޒަކީ، ހަލާލް ޓޫރިޒަމްގައި ވެސް، އެންމެ އިސް އަދި ފެންވަރު ރަނގަޅު މަންޒިލްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
ހަލާލު ޓޫރިޒަމް ކުރިއަށް ގެންދިޔުމަށް ވަކި ރަށްތަކެއް ކަނޑައަޅާނެ
އެއާއެކު ބޮޑެތި އިންވެސްޓްމެންޓްތައް ލިބޭނެ
މިއީ ރާއްޖޭގެ ޕްރޮޑަކްޓްތައް އިތުރަށް ފުޅާކުރުމަށް އެހީވެދޭނެ ކަމެއް
ރައީސް ވިދާޅުވި ގޮތުގައި އަންނަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން އޭގެ ތަފްސީލު ހާމަ ކުރާނެ އެވެ.
ގުޅުންހުރި - ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކޮށް، އިންވެސްޓުކުރަން ހުރި ފުރުސަތުތަކާ ބެހޭގޮތުން ރައީސް މުއިއްޒު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއާ މަޝްވަރާ ކުރައްވާފަ އެވެ.
-
ހަލާލު ޓޫރިޒަމަށް ހާއްސަ ވަކި ރަށްތަކެއް ކަނޑައަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ