ދިރާގުން މިނިވަން ދުވަހަށް ބޭއްވި މައުރަޒުތަކަށް ބޮޑު ތަރުހީބެއް

ދިރާގުން ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޓްރީޓް އެގްޒިބިޝަންތަކެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - މި މަހު 27 އިން 28އަށް މާލޭގައި މި ސްޓްރީޓް އެގްޒިބިޝަން ކުރިއަށް ގެންގޮސްފައި ވާއިރު، މި މަހު 26 އިން 27އަށް މި މައުރަޒު ބޭއްވީ:
ހުޅުމާލެ 
ފުވައްމުލައް 
ހދ. ކުޅުދުއްފުށި 
ލ. ގަން 
ގދ. ތިނަދޫ
އައްޑޫ ހިތަދޫ 
އދ. ދަނގެތި 
ބ. އޭދަފުށި
ތަފްސީލް - މި އެގްޒިބިޝަންގައި ދިވެހި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ ގައުމިއްޔަތު ރަމްޒުކޮށްދޭ ކުރެހުންތައް ވަނީ ހިމަނާފަ އެވެ.
މިއީ، ދިރާގުން ބުނި ގޮތުގައި، އެ ކުންފުނިން މި އަހަރަށް ތައްޔާރުކުރި ކަލަންޑަރު، 'މިނިވަންކަން މަތީ އަބަދަށް'ގެ މައްޗަށް ބިނާކޮށް ކުރިއަށްގެންގޮސްފައިވާ އެގްޒިބިޝަންތަކެކެވެ. މި ކަލަންޑަރަކީ، އެ ކުންފުނިން ބުނި ގޮތުގައި، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެކެވެ.
ބުނީ ކީކޭ؟ - "މި ތާރީހީ މުނާސަބަތުގައި ރާއްޖޭގެ މުއްސަނދި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ މި ސްޓްރީޓް އެގްޒިބިޝަން މެދުވެރިކޮށް މުޖުތަމައު އެއްތަނަކަށް ގެނެސް، ރާއްޖޭގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ