މިދިޔަ މަހު އެންސްޕާއިން އަމިއްލަ ދެ ހޮސްޕިޓަލަކަށް 7.42 މިލިއަން ރުފިޔާ ޚަރަދުކުރި

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން، ރާއްޖޭގެ އެންމެ ބޮޑު ދެ އަމިއްލަ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ އާއި ޓްރީޓޮޕުގައި އެޑްމިޓްކޮށްގެން ފަރުވާހޯދި ބަލިމީހުންނަށް މިދިޔަ މެއި މަހު 7.42 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދެ ހޮސްޕިޓަލުގެ ތެރެއިން ބޭސްފަރުވާގެ ކަންކަމަށް މެއި މަހު އެންމެ ބޮޑު ޚަރަދެއްކޮށްފައި ވަނީ، ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ފަރުވާ ހޯދި ބަލިމީހުންނަށް 4.19 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާއިރު މި އެހީ ފޯރުކޮށްދީފައި ވަނީ އެނދުމަތިކޮށްގެން ފަރުވާ ހޯދި 334 މީހަކަށެވެ. https://x.com/NSPAmaldives/status/1940035887515279703 ޓްރީޓޮޕް ހޮސްޕިޓަަލުން ފަރުވާހޯދި މީހުންނަށް އެންސްޕާއިން އެހީގެގޮތުގައި ހަމަޖައްސައިދިން ފައިސާގެ ތަފުސީލު: އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ކަށީގެ ބަލިތަކަށް. އެއީ، 53 މީހަކަށް 1،221،484.69 ރުފިޔާ ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ވިހެއުމާ ގުޅިގެން. އެއީ، 64 މީހަކަށް 742،058.68 މިލިއަން އެންމެ ގިނައިން އެހީ ދީފައި ވަނީ، ވިހެއުމާ ގުޅިގެން. އެއީ 64 މީހުންނަށް ދިޔަ މަހު އޭޑީކޭ ހޮސްޕިޓަލުން ހޯދި ފަރުވާއަށް އެންސްޕާއިން ޚަރަދުކޮށްފައި ވަނީ، މުޅި ޖުމުލަ 3.2 މިލިއަން ރުފިޔާއެވެ. މި ފައިސާ އެހީގެ ގޮތުގައި ފޯރުކޮށްދީފައި ވަނީ 190 މީހަކަށެވެ. https://x.com/NSPAmaldives/status/1940037222151201033 އޭޑީކޭ ހޮސްޕިޓަަލުން ފަރުވާހޯދި މީހުންނަށް އެންސްޕާއިން އެހީގެގޮތުގައި ހަމަޖައްސައިދިން ފައިސާގެ ތަފުސީލު: އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ހިތުގެ ބަލިތަކަށް. އެއީ، 14 މީހަކަށް 994،871.81 ރުފިޔާ ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، މައިބަދަ އާއި ނާރުގެ ބަލިތަކަށް. އެއީ، 18 މީހަކަށް 507،457.75 ރުފިޔާ އެންމެ ގިނައިން އެހީ ދީފައި ވަނީ، ވިހެއުމާ ގުޅިގެންނާއި ކަށީގެ ބަލިތަކަށް. އެއީ 54 މީހުންނަށް މެއި މަހު ބޭސް ފަރުވާގެ ކަންކަމުގައި އެހީ ދިނުމަށް، އެންސްޕާއިން މުޅި ޖުމުލަ 14.2 މިލިއަން ޚަރަދުކޮށްފައިވާކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތައް ދައްކައެވެ. https://sun.mv/208003 އޭގެތެރޭގައި، ރާއްޖޭގައި މީހުންނަށް ފަރުވާ ކުރުމަށް އެންސްޕާއިން ޚަރަދުކޮށްފައި ވަނީ 10.3 މިލިއަން ރުފިޔާއެވެ. ރާއްޖޭން ބޭރުން މީހުންނަށް ފަރުވާ ކުރުމަށް ޚަރަދުކޮށްފައި ވަނީ، ތިން މިލިއަން ރުފިޔާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. އެންސްޕާއިން ވަނީ، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ބޭސްފަރުވާ ކުރި ޚަރަދު ވެސް އާންމުކޮށްފައެވެ. އެ ހިސާބުތަކުގައިވާ ގޮތުން، ނިމުނު މެއި މަހުގެ ނިޔަލަށް ބޭހަށް ޖުމުލަ ޚަރަދުކޮށްފައި ވަނީ 121 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ