ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު
މޯލްޑިވްސް ފުޑް ކާނިވަލް 2025ގެ ޕްރިމިއަމް ސްޕޮންސަރެއްގެ ގޮތުގައި ދިރާގުން މިއަދު ސޮއިކޮށްފިއެވެ. މޯލްޑިވްސް ފުޑް ކާނިވަލަކީ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކަލިނަރީ އިވެންޓެކެވެ. މި އަހަރު ބާއްވަނީ މި އިވެންޓްގެ ތިންވަނަ އެޑިޝަނެވެ. ދިރާގުން ބުނީ، ތިންކް އެސޯސިއޭޓްސްއާއި ޓޭސްޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓުގައި ތަފާތު ކާބޯތަކެތީގެ ބާވަތްތައް ސްޓޯލްތަކުން ފެންނާނެ ކަމަށެވެ. މި އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއް ތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. މާދަމައިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މޯލްޑިވްސް ފުޑް ކާނިވަލް އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4:00 އިން ރޭގަނޑު 11:30 އަށެވެ. ވޭތުވެދިޔަ ދެ އަހަރުގެ ކާމިޔާބީއަށް ފަހު، މި އަހަރު ވެސް މޯލްޑިވްސް ފުޑް ކާނިވަލްގެ ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ފަދަ އިޖުތިމާއީ ހަރަކާތްތަކަށް އެއްބާރުލުންދީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް، ދިރާގުގެ މެނޭޖަ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ދިރާގުން އަންނަނީ މުޖުތަމައުގެ ތެރޭގައި ގުޅުން ވަރުގަދަކޮށް ދިވެހި ވިޔަފާރިތައް ކުރިއަރުވަން ބާއްވާ އެކި ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ