އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާ ލައިފި

އުރީދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ
އިންޓަރ ކޮލެޖް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އީއޭއެފްސީ، ޕަބްޖީ މޮބައިލްގެ އިތުރުން މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ހިމެނޭ މި
މުބާރާތުގައި 11 ޓީމަކާއި 15 އިންޑިވިޖުއަލް ކުޅުންތެރިން ބައިވެރިވެ، އެފަރާތްތަކުގެ ހުނަރު ދައްކާލައިފާވެއެވެ. 
އެގޮތުން އީއޭއެފްސީ ގައި ޖުމުލަ އިންޑިވިޖުއަލް 15 ކުޅުންތެރިން ބައިވެރިވެފައިވާއިރު ޗެމްޕިއަންއަށް ހޮވިފައިވަނީ ވިލާ ކޮލެޖްގެ ދަރިވަރު ޔޫސުފް އެވެ. 1 ވަނަ ރަނަރަޕް އަކަށް ހޮވިފައިވަނީ ޔުނިވަރސިޓީ އޮފް އެޑިންބަރާގެ ދަރިވަރު ޒަކުވާން އެވެ. އަދި 2 ވަނަ ރަނަރަޕް އަކަށް ހޮވިފައިވަނީ ވިލާ ކޮލެޖްގެ ދަރިވަރު ދާއިން އެވެ.
ޕަބްޖީ މޮބައިލް ގައި ޖުމުލަ 6 ޓީމް ބައިވެރިވެފައިވާ އިރު ޗެމްޕިއަންއަށް ހޮވިފައިވަނީ އެމްއެންޔޫ ބިޒްނަސް ސްކޫލް އެވެ. 1 ވަނަ ރަނަރަޕްއަށް ހޮވިފައިވަނީ ވިލާ
ކޮލެޖް އެވެ. އަދި 2 ވަނަ ރަނަރަޕްއަށް ވެސް ހޮވިފައިވަނީ އެމްއެންޔޫ ބިޒްނަސް ސްކޫލް - އޯޖީއެސް އެވެ.
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ގައި ޖުމުލަ 5 ޓީމް ބައިވެރިވެފައިވާ އިރު ޗެމްޕިއަންއަށް ހޮވިފައިވަނީ ޓީމް އެމްއެންޔޫ އެވެ. 1 ވަނަ ރަނަރަޕްއަށް ވެސް ހޮވިފައިވަނީ ޓީމް އެމްއެންޔޫ ކަން ފާހަގަކޮށްލަންޖެހެއެވެ. އަދި 2 ވަނަ ރަނަރަޕްއަށް ހޮވިފައިވަނީ ޓީމް ވިލާއެވެ.
މިމުބާރާތުގައި ޖުމްލަ 50،000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭ ޕްރައިޒް ޕޫލް ހިމެނެއެވެ. އެގޮތުން:
- ޗެމްޕިއަން: 25،000 ރުފިޔާ
- 2 ވަނަ: 12،000 ރުފިޔާ
- 3 ވަނަ: 6،000 ރުފިޔާ
- 4 ވަނަ: 3،000 ރުފިޔާ
- އެމްވީޕީ: 4،000 ރުފިޔާ
އުރީދޫ ނޭޝަންގެ މައިގަނޑު މަގްޞަދަކީ ރާއްޖޭގެ އީސްޕޯޓްސް ކޮމިއުނިޓީ
ބާރުވެރިކުރުމާއި ފުޅާވަމުންދާ ގޭމިންގ ދާއިރާއަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުންކަމަށް އުރީދޫއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ