ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ސިލްސިލާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތަކުގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ގދ. ގައްދޫގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީ އާއި ގައްދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ފޯރަމް ގެ މައުޟޫއަކީ “ނުރަނގަޅު އާދަތައް ދޫކުރުން” މި މައުޟޫއެވެ.
މި ފޯރަމްގައި ތަގުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް އަބްދުﷲ ސައުދާންއެވެ.
އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތެރޭގެ އިޙްޔާ ފޯރަމް އޮންނާނީ ގައްދޫގެ އިތުރުން ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ހއ. ބާރަށް، ނ. މަނަދޫގެ އިތުރުން ރ. މީދޫގައެވެ.
މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ސުއޫދު އިސްތިއުފާ ދެއްވައިފި އޭއޯ ރޯދައިގެ ބަދިގެ: ކެޑްބަރީ ޗޮކޮލެޓް މޫސް ބްރެޑް ކޭކް ވާހަކަ: ބަދުނާމު (ދެވަނަ ބައި) އޭއޯ ރޯދައިގެބަދިގެ: ކޮންޑެންސްޑް މިލްކް ޓްރަފުލްސް މަގުބޫލު ލިޔުންތައް ގއ. އަތޮޅު ހޮސްޕިޓަލުން މާބަނޑު އަންހެނ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ