މަޑިފުށީގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ތުހުމަތު ކުރެވޭ މީހާ މަރުވެއްޖެ
ތ. މަޑިފުށީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާ ނަމަވެސް، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިހާރު މަރުވެފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ. މިއަދު މީޑިއާތަކާ ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، މަޑިފުށީގައި އަންހެނަކު ރޭޕުކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަައިގައި ތުހުމަތުވާ މީހާ މިހާރު މަރުވެފައިވާ ކަމަށާއި، އެއީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުގައި އެމީހާ މަރުވީ ރޭ ނޫން ކުރީރެއެވެ. މި ހާދިސާއާ ގުޅިގެން އެރަށުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މިއަދު ހަވީރު ފެށި މުޒާހަރާ އަދިވެސް ހުއްޓާ ނުލައި ކުރިއަށްގެންދާކަމަށް މަޑިފުށިން "ސަން"އާ ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ