އިޒްރޭލުގެ ހައިފާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާއަށް އީރާނުން މިސައިލް ހަމަލާތަކެއް ދިނުމުގެ ސަބަބުން ޕައިޕްލައިންތަކަށާއި ޓްރާންސްމިޝަން ލައިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ލިބި، ގެއްލުން ލިބިފައި ނުވާ ކަމަށް އިޒްރޭލްގެ މަސްދަރުތަކާ ހަވާލާދީ އަލްއަރަބިއްޔާ ނޫހުން ބުންޏެވެ. ތެޔޮ އެތެރެެއަށް ފޮނުވާ ހޮޅިތަކަށް ގެއްްލުން ލިބި ހުއްޓިފައިވީ ނަމަވެސް، ތެޔޮ ސާފު ކުރުމުގެ ފެސިލިޓީތައް ހިންގަމުންދާ ކަމަށް އެ ނޫހުން ބުންޏެވެ.
އެ ހަމަލާގެ ސަބަބުން ލިބުނު ގެއްލުން ދިރާސާ ކުރަމުންދާ ކަމަށާއި އެކަމުގެ މާލީ ނަތީޖާއަށް ކުރާނެ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ތެލްއަވީވްގެ ހިއްސާގެ ބާޒާރު ހިންގާ އިދާރާ އިން ބުންޏެވެ.
އިޒްރޭލުގެ ތެޔޮ ސާފުކުރާ ކާރުހާނާއަށް އީރާނުން ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ