ދިރާސީ އާ އަހަރު ފަށާނީ އޭޕްރީލް ހަތެއްގައި
ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް ހަތް ވަނަ ދުވަހު ފަށާ ގޮތަށް އެކަޑެމިކް ކަލަންޑަރުގައި ހިމަނައިފިއެވެ.އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގަ އެވެ.މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި ކިޔަވައިދޭނެ ދުވަސްތަކުގެ އަދަދު މަދެވެ. ކުރިން 83 ދުވަސް ކިޔަވައިދޭ ގޮތަށް އޮތް ނަމަވެސް ފަހުން ގެނައި ބަދަލާއެކު ފުރަތަމަ ޓާމުގައި ކިޔަވައިދޭނީ 81 ދުވަ ހުއެވެ. ދެވަނަ ޓާމުގައި ކިޔަވައި ދޭނީ 99 ދުވަހުއެވެ. މިއީ ކުރިން ނެރުނު ކަލަންޑަރުގައި ބުނެފައިވާ ދުވަހަށް ވުރެ ދެ ދުވަހުގެ އިތުރުވުމެކެވެ.އަދި ދިރާސީ އަހަރުގައު މުޅި ޖުމްލަ ކިޔަވައި ދޭނީ 180 ދުވަހުއެވެ.މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ