އެއްވެސް ގޮތެއް ނެތިފައި ތިބި ނިކަމެތި 2 އަންހެންކުދިންނަށް އެހީތެރިވި މީހަކަށް ބޮޑު ތަނަވަސްކަމެއް ލިބުނު ގޮތުގެ ވާހަކަ-

ފުރަތަމަ މިކިޔައިދެނީ ހާދިސާއެއްގެ ވާހަކައެވެ. މިއީ ހާދިށާގައި ހިމެނޭ މީހާ ޙިއްޞާކުރި ވާހަކައެކެވެ.  
އަހުރެންގެ އަވަށްޓެރި ދެމަފިރިއަކު ވަރަށް ގާތްގާތުގައި ނިޔާވިއެވެ. އެމީހުން ނިޔާވިއިރު ތިބޯީ 2 އަންހެން ދަރިންނެވެ. އެއީ 20 އަަހރުގެ ކުއްޖަކާއި 14 ވަރަކަށް އަހަރުގެ ކުއްޖަކާއި ދެކުދިންނެވެ. ދޮށީ ކުއްޖާ އުޅެނީ ވަޒީފާއެއްގައެވެ. ދެބެއިންގެ ޚަރަދުތައް ބަލަހައްޓަނީ ދޮށީކުއްޖާއަށް ލިބޭ އެއްޗަކުންނެވެ. އެހެންވެ ދޭތެރެދޭތެރެއިން އަހުރެންވެސް އެދެކުދިންގެ ޙާލުބަލައި އެހީތެރިވަމެވެ.  
ދެކުދިންގެ ޙާލު ބަލައިލަން ޒިޔާރަތްކުރި ރެއެކެވެ. އަހުރެންނަށް ފެނުނު މަންޒަރުން ދިއައީ ސިއްސައިގެންނެވެ. ދޮށީ ކުއްޖާ ހުންގަދަވެ ގައިގައި އަތްލަންވެސް ކެރޭވަރެއް ނޫނެވެ. ޑޮކްޓަރަށް ދައްކައިފިންތޯ ސުވާލުކުރުމުން ބުނީ އަތުގައި އެއްވެސް ފައިށާއެއް ނެތުމުން ޑޮކްޓަރަށް ނުދެއްކިފައިތިބީކަމަށެވެ. އައިސް އެޅުން ނޫން ފަރުޥާއެއް ނުދެވޭ ކަމަށެވެ.  
ފިރިމީހާއަށް ގުޅައި އެވާހަކަބުނާއިރަށް ފިރިމީހާ އައިސް ކުއްޖާ ގެންގޮސް ޑޮކްޓަރަށް ދައްކައިދިނެވެ. އަދި ފައިށާގެ ގޮތުންވެސް އެހީތެރިވިއެވެ. އަހުރެން ބުނީމެވެ. "މިހައިތަނަށްވެސް މިއުޅުނީ ވަރަށް ގާތް ގޮތުގައެވެ. މިރެއިން ފަށައިގެން އަހުރެމެންނަކީ ދޮށީ ބޭބެއާއި ދައްތަ ކަމަށް ބަލާށެވެ. އެއްވެސް ކަމެއް ޖެހިއްޖެނަމަ ބުނަން ލަދުނުގަންނާށެވެ. ނުބުންޏަސް ޙާލުވެސް ބަލައިދޭނަމެވެ.  
އެއިރު ފިރިމީހާ އުޅުނީ ވިޔަފާރީގައި ލިބުނު ގެއްލުމަކާއި ގުޅިގެން ލޯނެއްނަގަންވެގެންނެވެ. ލޯނު ނުލިބި ލަސްވަމުން އައީ ރަޙުނުކުރަން ބޭންކުން ބޭނުންވާ ވަރުގެ އަގުހުރި އެއްޗެއް މޯގޭޖްނުކުރެވިގެންނެވެ. އެކަމަކު އެއިގެ އަނެއް ދުވަހު ބޭންކުން ފިރިމީހާއަށް ގުޅީމާ ދިއުމުން ބުނީ ރަޙުނު ފުރިހަަމަ ނުކުރެވުނަސް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ.  
ފިރިމީހާ ގެއަށް އައިސް އެވާހަަކ ކިޔައިދީފައި ބުންޏެވެ. "އެއްވެސް ނިޢުމަތެއް ލިބެނީ މިވެނި ކަމެއް ކުރީތީ ކަމަކަށް ނުބުނެވޭނެއެވެ. ނަމަވެސް އެކުދިންނަށް އަހުރެމެން އެހީވީ ރޭގައެވެ. މިއަދު ކަންކަން މެދުވެރިވި ގޮތް މިހުރީއެވެ. ވީމާ އެދެކުދިންގެ ކަންކަން ދެންވެސް ވަރަށް ގާތުން ބަލަންވާނެއެވެ."  
ކޮންމެއަކަސް ފިރިމީހާ ކުރަމުން ދިއަ މަސައްކަތްކުރިއަރައިގެންދިއައެވެ. ލިބޭ މަންފާއިތުރުވެ ދާދި އަވަހަށް ލޯނުވެސް އަދާކުރެވުނެވެ. ފިރިމީހާ މިހާރުވަނީ އެދެކުދިންގެ ގޯތީގައި ކުޑަގެއަކާއި ފިހާރައެއް އަޅައިފައެވެ. އެތަން އަޅައިދިނީ ހަދިޔާއެއްގެ ގޮތުގައެވެ. މިހާރު އެދެކުދިންވެސް އުލެމުން އެދަނީ އެތަނުން ލިބޭ ކުލިންނެވެ.  
މިފަދަ ކަންކަން މެދުވެރިވަނީ މަދަކުން ނޫނެވެ. އަހުރެން ބުނެލަން ބޭނުންވަނީ އެމީހެއްގެ މިންވަރުން ނިކަމެތިންނަށް އެހީތެރިވާށެވެ! ޚާއްޞަކޮށް ދަތިޙާލުގައި ދިރިއުޅެންޖެހިފައިވާ މީހުންނަށް އެހީތެރިވެދާށެވެ. އެކަމުގެ ފައިދާ ދުނިޔޭގައިގައިވެސް އެމީހަކަށް ފެނިގެންދާނެއެވެ. އިން ޝާ ﷲ  
އެކިމީހުންނަށް ކަންކަން މެދުވެރިވާނީ އެކިގޮތަށެވެ. އެކިމީހުންނަށް ލައްވަޥާނީ އެކި ރަޙްމަތެވެ. ޔަޤީންކުރަންޖެހޭނެ ކަމަކީ އެކަމުގެ ފައިދާ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހަކަށް ކުރާނެ ކަމެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ