ވިނަރެސް އެޕާޓްމެންޓެއްގައި ރޯވެ އަނދައިފި

އަލިފާން ރޯވެފައި ވަނީ އެ އެޕާޓްމެންޓްގައި އޮތް ގޮދަޑިއެއްގަ އެވެ. ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ވަނީ ނިއްވާލާފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް އެޕާޓްމެންޓެއްގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 7:41 ހާއިރު ރޯވެފައި ވަނީ ވިނަރެސްގެ ނުވަވަނަ ޓަވަރުގެ 13 ފަންގިފިލާގައި ހުރި ހަވަނަ އެޕާޓްމެންޓްގައި ކަމަށެވެ.އަލިފާން ރޯވެފައި ވަނީ އެ އެޕާޓްމެންޓްގައި އޮތް ގޮދަޑިއެއްގަ އެވެ. ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ވަނީ ނިއްވާލާފަ އެވެ.މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯގައި، އެ އެޕާޓްމެންޓްގެ ކޮޓަރިއެއް ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ. ރޯވެފައި ވަނީ ބަންކު ބެޑެއްގައި އޮތް ގޮދަޑިއެއްގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ