ދީން ދަސްކުރަން އުޅުނީމަ ފެނުނު ހުވަފެންތަކުން އިސްލާމްވުމުގެ ޝައުޤުވެރިކަން ބޮޑުވެ ނުނިދިގެން ރޭގަނޑު ގޮސް އިސްލާމްވި އަންހެނެއްގެ ވާހަކަ-

ފުރަތަމަ މިވާހަކަކޮޅުން ފަށަމާ ހިނގާށެވެ!  
އަހުރެންގެ ޢުމުރުން 40 އަހަރެވެ. ކައިވެނިކޮށްގެން ހުރީ ޢުމުރުން 15 އަހަރުންފެށިގެން ލޯބިވެގެން އުޅުނު މީހާއާއިއެވެ. އަހުރެން އިސްލާމްވާން ބޭނުންވާ ކަމަށް ބުނުމުން އޭނާ ނުރުހުނެވެ. އަދި ދެކޮޅުވެސް ހެދިއެވެ. އޭނާ އަކީ --- އަކަށްވެފައި އެދީނުގައި ވަރަށް ބާރަށް ހިފަހައްޓާ އަންހެނަކަށްވާތީއެވެ.  
އެހެންވެ އަނބިމީހާ އާއި ވަކިވާންޖެހިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އޮތެވެ. އެހެންވެ މަޑުޖައްސާލައިގެންވެސް ހުރީމެވެ. ކޮންމެއަކަސް ކަންތައް މެދުވެރިވީ އެހެން ގޮތަށެވެ. އެއްރޭ ނިދާ ހޭލިގޮތަށް ބުނީ އަވަހަށް 2 މީހުންވެސް އިސްލާމްވަމާ ހިނގާށެވެ.  
ސުވާލުކުރުމުންވެސް ވީގޮތެއްވެސް ބުންޏެވެ. އެއިރު އަހުރެން ހުރީ ހިނައި ޠޯހިރުވާން ދަސްކޮށްގެންނެވެ. އެހެންވެ 2 މީހުން ހިނައި ޠޯހިރުވެގެން މިސްކިތަށް ގޮސް ތިބެފައި ފަތިސްނަމާދަށް އިމާމް މިސްކިތަށް އައުމުން އިމާމް ގާތުގައި އެދިގެން ދެމަފިރިންވެސް އިސްލާމްވީއެވެ.  
އިސްލާމް ވުމަށްފަހު އަނބިމީހާ އިމާމަށް ކިޔައިދިނެވެ. "ފިރިމީހާ އިސްލާމްވާން އުޅޭކަމަށް ބުނީމަ ދެކޮޅު ހެދީމެވެ. އެއީ އަހުރެންނަށް އިސްލާމްދީނާއިމެދު އެއިރު އެނގިފައިވާ ކަންތައްތަކުގެ މައްޗަށް ބުރަވެއެވެ. ނަމަވެސް ދެކޮޅުހެދުމަކީ ޙައްލަކަށް ނުވާނެކަން އެނގެއެވެ. ރީޙާނީ ގޮތުން މީހުން ޤަބޫލުކުރާ ގޮތް ގަދަކަމަކުން ބަދަލެއް ނުކުރުވޭނެއެވެ. އެހެންވެ އަހުރެން ޤަޞްދުކުރީ އަހުރެންނަށް އިސްލާމް ދީނާއިމެދު މިއެނގެނީ ރަނގަޅަށްކަން ޔަޤީންކުރަން އިތަރަށް އިސްލާމްދީން އުނގެނޭށެވެ! އެމަސައްކަތް ފެށިތަނުންވެސް އަހުރެންގެ ހިތް އެދީނަށް ބުރަވެއްޖެއެވެ. އަވަހަށް އިސްލާމްވާ ހިތުން މިރޭ ހަމަނިދިވެސް ނުލިބުނީއެވެ.  
އަހުރެންނަށް ވަރަށް ގިނަ ހުވަފެންތައް ފެނުނެވެ. ހުވަފެނުގައި ފެންނަމީހާ ބުނެފައި އޮތީ ހަމައެކަކަށްވެސް އެވާހަކަ ކިޔައި ދުނިނުމަށެވެ. ވީމާ ހުވަފެނުގައި ފެނުނު ކަންކަން ކިޔައިދެވޭކަށް ނެތެވެ. އިރާދަކުރެއްވިއްޔާ އަހުރެމެން ދެމީހުން އެކުގަ ސުވަރުގެ ވައްދަވާނެތެވެ!"  
ނިކަން ވިސްނައިލަބަލާށެވެ! ކަންކަން މެދުވެރުކުރައްވާ ގޮތް މިހުރީއެވެ. ހިތާމައަކީ އަހުރެމެންގެ ދީނާއިމެދު އަހުރެމެންނަށް މިހައި އިޚްލާޞްތެރިކަމާއިއެކު ނުވިސްނޭކަމެވެ. ވިސްނައިފިނަމަ މާ މަތިވެރި ނިޢުމަތްވެސް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ