އައްޑޫ ސިޓީގައި ކެމިކަލް ރައްކާތެރިކަމާއެކުނައްތާލަން މަޝްރޫއު ހިންގާނެ ބަޔަކު ހޯދަނީ އައްޑޫގެ ޒުވާން މަސްވެރިންނަށް ފަހި ފުރުސަތުތަކެއް: މަރަދޫ ބޭރުގައި އާ ކަނދުފައްޗެއް އައްޑޫ އާއި އިންޑިއާ އާއި ދެމެދު ޕެރިޝަބަލް ކާގޯ ހިދުމަތް ފަށަނީ އައްޑޫ ސިޓީގައި “އި

މި ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ރިސޯޓު އަލުން ހުޅުވުމަށް ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މީގެ ތެރޭގައި އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސަންޓު ހިއްސާ ދޫކޮށްލުން ހިމެނެ އެވެ. މީގެ ކުރިން ރިސޯޓު ބަންދުކުރުމާ ގުޅިގެން އެތަނުގައި މަސައްކަތް ކުރަމުން ދިޔަ 500 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޝަންގްރިއްލާ އަލުން ހުޅުވިގެން ދިއުމަކީ އައްޑޫގެ އިގުތިސޯދަށް ލިބިގެންދާނެ އާ ދިރުމެއް ކަމަށެވެ. އަދި މިއާ އެކު އެ ސަރަހައްދުގެ ޓޫރިޒަމް ފުޅާވެ، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އަލުން ފަހިވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރެ އެވެ. މިނިސްޓްރީން ވަނީ ރިސޯޓު ހުޅުވުމަށް ބޭނުންވާ މަރާމާތުތައް ދެނެގަނެ، ހުއްދަތައް ދިނުމުގައި ފުރިހަމަ އެއްބާރުލުން ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ