ދިރާގާއި ސްޕާކްހަބުން ރާއްޖޭގެ ފުރަތަމަ އޭއައި ހެކަތޯން ބާއްވަނީ

ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އިއުލާނުކޮށްފި އެވެ.މިއީ އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކާއި ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އޭއައި މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވަ ހެކަތޯން އެކެވެ. އެ ހެކަތޯންގެ މެދުވެރިކޮށް ޒުވާން އުފެއްދުންތެރިންތަކެއް އެއް ތަނަކަށް ގެނެސް އެ ފަރާތްތަކުގެ އުފެއްދުންތެރި ހިޔާލުތައް ޖެނެރޭޓިވް އޭއައި ޓޫލްސް އަދި ޕްލެޓްފޯމްތަކުގެ އެހީގައި ހަގީގީ އުފެއްދުންތަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަދަލުކުރުމަށް އެހީތެރިވެދޭނެ އެވެ.އޭގެ އިތުރުން އުފެއްދުންތައް އުފެއްދުމުގެ ހުރިހާ މަރުހަލާއަކުން ފެށިގެން ތައާރަފްކުރުމާ ހަމައަށް އޭއައިގެ ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ތެރެއިން އެ ފަރާތްތަކުގެ އެހީ އާއި އެއްބާރުލުން ލިބޭނެ އެވެ.މީގެ ކުރީގެ ހެކަތޯންތަކާއި ހިލާފަށް  ޖެންއޭއައި ހެކްގައި ބޭނުންކުރާނީ އޯޕަން ކެޓެގަރީ ފޯމެޓެކެވެ. އަދި  ހެކަތޯންގެ ބައިވެރިން އުފައްދާނީ އެ ހެކަތޯނަށް ހާއްސަކޮށްގެން މުޅިން އަލަށް އުފައްދާ ޕްރޮޑަކްޓްތަކެވެ. މި ހެކަތޯންގެ ކޯ-ޕާޓްނަރަކީ ސިނެޓެކްސްއެވެ.އެ ހެކަތޯންގައި "ނޯ ޝިޕިން، ނޯ ޕިޗިން" ޕްރިންސިޕަލްގެ ދަށުން ބައިވެރިވާ ޓީމުތަކުގެ ފައިނަލް ޕިޗުގެ ކުރިން އެ ޓީމުތަކުން ހަދާ ޕްރޮޑަކްޓް އާންމުންނަށް ތައާރަފް ކުރަން ޖެހޭނެ އެވެ. ސްލައިޑް ޑެކް ނުވަތަ ކޮންސެޕްޓުއަލް ޑެމޯގެ ބަދަލުގައި ޖަޖުން ބަލާނީ އާންމުންނަށް ތައާރަފްކުރާ ފުލް ފަންކްޝަނަލް ޕްރޮޑަކްޓްތަކެވެ.ޖެންއޭއައި ހެކަތޯންއާ ގުޅޭގޮތުން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ ޖެނެރޭޓިވް އޭއައި ހަލުއިކަމާއެކު ތަރައްގީވަމުން އަންނަ ޒަމާނެއްގައި އެ ވަސީލަތްތައް ބޭނުން ކުރުމަށް ވީހާވެސް ގިނަ ބަޔަކު އަހުލުވެރި ކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ހެކަތޯނަށް އެއްބާރުލުން ދިނުމަކީ ދިވެހި އުފެއްދުންތެރިންނަށް އޭ.އައިގެ އެހީގައި ހައްލުތައް ހޯދައި ތަކެތި އުފެއްދުމަށާއި އެ އުފެއްދުންތައް ތަޖުރިބާކޮށް ތައާރަފް ކުރުމުގެ ގާބިލުކަން އަށަގެންނެވުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، ޖެނެރޭޓިވް އޭއައި ހަލުއިކަމާ އެކު ތަރައްގީވަމުން އަންނަ ޒަމާނެއްގައި، މި ވަސީލަތްތައް ބޭނުންކުރުމަށް ވީހާ ވެސް ގިނަ ބަޔަކު އަހުލުވެރިކުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ."މި ހެކަތޯނަށް އެއްބާރުލުން ދިނުމަކީ ދިވެހި އުފެއްދުންތެރިންނަށް އޭއައިގެ އެހީގައި ހައްލުތައް ހޯދައި ތަކެތި އުފެއްދުމަށާއި އެ އުފެއްދުންތައް ތަޖުރިބާކޮށް، ތައާރަފްކުރުމުގެ ގާބިލުކަން އަށަގެންނެވުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.ސްޕާކްހަބްގެ ސީއީއޯ އަދި ކޯ-ފައުންޑަރު ހުސައިން ޖިނާން ވިދާޅުވި ގޮތުގައި، ދުނިޔޭގެ ފެންވަރުގައި ވެސް އާ ވިޔަފާރިވެރިން އަންނަނީ އޭއައި ބޭނުންކޮށްގެން ހުނަރުގެ ފަރަގު ކުޑަކޮށް، އޭއައިގެ އެހީގައި ހަލުއިކަމާ އެކު ޕްރޮޑަކްޓްތައް އުފައްދަމުންނެވެ.ޖެންއޭއައި ހެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުން އަށް ވަނަ ދުވަހަށެވެ. އެ ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 3 އާއި 5 މެމްބަރުންގެ ޓީމްތަކަށް ހުޅުވާލައިފަ އެވެ. އެ ފުރުސަތު، އެންމެ ފުރަތަމަ ރަޖިސްޓަރީކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ. މި ހެކަތޯންގައި https://genaihack.io/ އިން ބައިވެރިވެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ