އިންތިޚާބުގެ ދެވަނަ ބުރަށް 6،172 ވޯޓު ކަރުދާސް ޗާޕުކޮށްފި

- ބ. ދޮންފަނު ކައުންސިލް އިންތިޚާބަށް: 460 ވޯޓު ކަރުދާސް
- ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ ކައުންސިލް އިންތިޚާބަށް: 1،324 ވޯޓު ކަރުދާސް
- ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް: 1،742 ވޯޓުކަރުދާސް
- ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް: 1،069 ވޯޓުކަރުދާސް
- ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް: 1،577 ވޯޓުކަރުދާސް
މި އިންތިޚާބުގައި ޖުމްލަ 14 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ދެވަނަ ބުރަށް ދިޔަ ރަށްތަކާއި މާލޭގައެވެ. އެގޮތުން ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި، އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް ފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން މާލޭގައި ހަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ