އުރީދޫގެ 15 ވަނަ އުމްރާ ދަތުރު އަލީ ރިޒާއަށް އުރީދޫގެ 15 ވަނަ އުމްރާ ދަތުރު އަލީ ރިޒާއަށް

އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރިގެން ކުރިއަށްގެންދާ ލިވް އަންލިމިޓަޑް ކެމްޕެއިނުގެ ދަށުން އުމްރާ ދަތުރު ލިބޭ 15 ވަނަ ނަސީބުވެރިޔަކަށް ބ. ކެންދޫ، އަލީ ރިޒާއަށް ލިބިއްޖެ އެވެ.
އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގައި އަލީ ރިޒާއަށް ލިބުނު އުމްރާ ދަތުރުގެ އިނާމާ އޭނާގެ ބަދަލުގައި ހަވާލުވީ ރައީން އެވެ.
އުރީދޫއިން 20 ވަނަ އަހަރީ ދުވަހާ ގުޅުވައި ކޮންމެ 20 ދުވަހަކުން ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން މި ކެމްޕެއިނުގެ ދަށުން ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫއިން ކުރިއަށްގެންދާ ކެމްޕޭނަކީ އެ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ