މައްސަލަ ޖެހިގެން އަލުން ގުނި މ. ވޭވަށު ކައުންސިލުގެ މެމްބަރުކަމުގެ ގޮނޑި ކުޑަ ތަފާތަކުން އެމްޑީޕީން މިއަދު ކަށަވަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ނިމިދިޔަ ކައުންސިލް އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން، ވޭވަށު ކައުންސިލުގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ. އަދި ކައުންސިލް މެމްބަރުކަމުގެ ދެ ގޮނޑީގެ ތެރޭން އަންހެނުންނަށް ހާއްސަ ގޮނޑި ކާމިޔާބުކުރީ ވެސް ޕީއެންސީންނެވެ.
އެކަމަކު މެމްބަރުކަމުގެ އަނެއް ގޮނޑި ކާމިޔާބުކުރި ކަމަށް ދައްކަނީ އެމްޑީޕީންނެވެ.
ކުރީގެ ނަތީޖާގައި ވާގޮތުން، ދެ ވޯޓުގެ ތަފާތަކުން މި ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ 122 ވޯޓު ލިބިގެންނެވެ. ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ކަމަށް ދައްކަނީ 120 ވޯޓެވެ.
ތަފްސީލް - މި ގޮނޑީގެ 1 ނަންބަރު ފޮށީގެ ވޯޓު މިރޭ އަލުން ގުނާފައިވަނީ އެ ފޮށީގެ ވޯޓު ގުނާފައިވާ ގޮތާ މެދު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ.
މި ފޮށީގެ ވޯޓު އަލުން ގުނިއިރު ދެ ވޯޓެއް ބާތިލު ކަމަށް ކަނޑައެޅުމުން ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ވެސް އެއް ވޯޓު ވަނީ މަދުވެފަ އެވެ. އެ ފޮށިން ޕީއެންސީ ކެންޑިޑޭޓަށް ލިބުނީ 83 ވޯޓެވެ. އަދި އެމްޑީއޭ ކެންޑިޑޭޓަށް ލިބުނީ 76 ވޯޓެވެ.
އެހެންކަމުން މި ފޮށީގެ މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން:
އެމްޑީޕީ ކެންޑިޑޭޓަށް މުޅި ޖުމްލަ ލިބުނީ 121 ވޯޓު
ޕީއެންސީ ކެންޑިޑޭޓަށް ޖުމްލަ ލިބުނީ 119 ވޯޓު
އަލުން ގުނުމުން ވެސް ވޭވަށު ކައުންސިލުގެ ގޮނޑި އެމްޑީޕީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ