އެމްއޭސީއެލްގެ ޑީއެމްޑީ ލައްމާން މަގާމުން ވަކިކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އެ މަގާމުން ވަކިކުރައްވައިފިއެވެ. "ސަން"އަށް ވަނީ އޭނާ މަގާމުން ވަކިކުރިކަން ކަށަވަރުވެފައެވެ. ލަމްއާން މަގާމުން ވަކިކުރިކަން ކަށަވަރުވެފައިވީ ނަމަވެސް، މި ބަދަލާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާތީ، މިކަމުގެ އިތުރު ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ. މި ބަދަލާއެކު، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ. ތަފްސީލް އަންނަނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ