ސިއްހީ ދާއިރާއަށް 35 އަހަރު ޚިދުމަތްކުރެއްވި މައިމޫނާ ރިޓަޔާކުރައްވަނީ

ސިއްހީ ދާއިރާއަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ރިޓަޔާކުރައްވަން ނިންމަވައިފިއެވެ. މައިމޫނާ، ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1990ގައެވެ. އޭރުން ފެށިގެން މިއަދާ ހަމައަށް އޭނާ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. މައިމޫނާ، އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެއްވީ ނޮވެމްބަރު 17، 2016ގައެވެ. އޭރުއްސުރެ މިހާތަނަށް ވެސް އޭނާ ވަނީ އާއްމު ސިއްހަތުގެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން މައިމޫނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޮވިޑް-19ގެ ދުވަސްވަރުއެވެ. ކޮވިޑްގެ އާލަމީ ވަބާ، ރާއްޖެއަށް ހަލުވިކަމާއެކު ފެތުރެމުންދިޔައިރު މައިމޫނާ ވަނީ އުނދަގޫ ނިންމެވުންތަކެއް ނިންމަވައި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި އެ ދުވަސްވަރު އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ