އުމްރާއަށްދިޔަ 2 ދިވެއްސަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ 2 ދިވެއްސަކު ނިޔާވެފައިވާ ކަމަށް އިސްލާކިމް މިނިސްޓްރީއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ ނިޔާވެފައިވަނީ އުމްރާގެ އަޅުކަން އަދާކުރުމަށްދިޔަ 2 ފިރިހެން އުމްރާވެރިން ކަމަށެވެ.
އެއީ ސަފާ ގްރޫޕުން ދިޔަ އުމްރާވެރިއަކާއި ހިޖާޒް އުމްރާ ގްރޫޕުން ދިޔަ އުމްރާވެރިއެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މި 2 އުމްރާވެރިންގެ ޖަނާޒާގެ ކަންކަން ވެސް ފުރިހަމަކޮށްފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.
2 އުމްރާވެރިއަކު ނިޔާވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވީ ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީއިން ދީފައެއް ނުވެއެވެ.
އުމްރާއަށް ދިޔަ މީހުންގެ ތެރެއިން އެޑްމިޓްކުރެވިފައިވާ ބަލި މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާ އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއިން އަންނަނީ ކުރަމުންނެވެ. އެ މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހު އެ އުމްރާވެރިޔާ ރާއްޖެ ގެނެވޭނެއެވެ.
އުމްރާގެ އަޅުކަން ކުރުމަށް ޑިސެންބަރު މަހާއި ޖެނުއަރީ މަހު ރާއްޖެ އިން 7726 މީހުން މައްކާއަށް ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވާއިރު، އުމްރާގެ އަޅުކަން އަދާކުރުމަށްދާ މައްކާއަށް ދާ އެންމެފަހު ގްރޫޕް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ