މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ހިތުގެ ފަރުވާ އަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓުކޮށްފި އެވެ.
ގާސިމްގެ އާއިލާ ބޭފުލަކު އަދަދު ނޫހަށް މިއަދު ވިދާޅުވީ އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އދ. އަތޮޅު ސަން އައިލެންޑު ރިސޯޓުގައި ހުންނަވަނިކޮށް ހިތުގެ އާލާސްކަންފުޅު ގޯސްވާހެން އިހުސާސްވެވަޑައިގެން ގާސިމް މާލެ ވަޑައިގަތީ ލޯންޗުގަ އެވެ.
"[ގާސިމް] މިހާރު އޮންނެވީ އައިޖީއެމްއެޗްގެ ރޫމެއްގައި. ﷲ އިރާދަކުރެއްވީތީ ހާލުކޮޅު މާ ގޯހެއް ނޫން. ވާހަކަ ވެސް ދައްކަވާ. ޑޮކްޓަރު ނިންމަވާފައި ވަނީ [މާދަމާ] ހިތުގެ ސާޖަރީއެއް ހެދުމަށް،" އަދަދު ނޫހާ ވާހަކަ ދެއްކެވި ގާސިމްގެ އާއިލީ ބޭފުޅާ ވިދާޅުވި އެވެ.
ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އަކީ ކުރިން ވެސް ހިތުގެ ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އައިޖީއެމްއެޗުން ވެސް ފަރުވާ ހޯއްދަވާފައިވެ އެވެ.
ހިތުގެ ފަރުވާއަކަށް ގާސިމް އައިޖީއެމްއެޗްގައި އެޑްމިޓުކޮށްފި ހިތުގެ ފަރުވާއަކަށް ގާސިމް އައިޖީއެމްއެޗްގައި އެޑްމިޓުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ