ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، މިހާތަނަށް 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.މިދިޔަ މަހުގެ 27 ވަނަ ދުވަހު ޓާސްކްފޯސް އެކުލަވާލައި މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް ބިދޭސީންގެ ޤަވާއިދާ ހިޚިލާފަށް ހިންގަމުންދާ ވިޔަފާރިތަކާއި ގުޅޭ 125 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް އިޤްތީޞާދީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިމައްސަލަތަކުގައި މިހާތަނަށް 35 ތަނެއް ބަލައި 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.މީގެ ތެރޭގައި ހިމެނެނީ؛* 20 ކެފޭ* 12 ރީޓެއިލް ފިހާރަ* 2 ގަރާޖް* 1 ގެސްޓް ހައުސް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ބިދޭސީން ހަރަކާތްތެރިވާކަން ފާހަގަކުރެވޭ ނަމަ ނުވަތަ އެކަމު މައުލޫމާތު ލިބިފައިވާ ނަމަ ރިޕޯޓްކުރަން ހަދަންޖެހޭ ގޮތަކީ: މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުންމިނިސްޓްރީގެ ހޮޓްލައިން 3333199އަށް ގުޅައިގެން ރިޕޯޓްކުރުން (ހޮޓްލައިނަށް ގުޅޭނީ ހެނދުނު 8 އިން ރޭގަނޑު 8އަށް)އިމިގްރޭޝަން ވޮޗު އަށް ރިޕޯޓްކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ