މާލީ ނިޒާމު ހަމައަކަށް އެޅި، އިތުބާރު ގާއިމުވާތަން މިހާރު ފެނޭ: ސައީދު

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅި، އިތުބާރު ގާއިމުވަމުން އަންނަ މަންޒަރު މިހާރު ފެންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ފުނިޖައްސާފައި އެތައް ދަރަންޏެއް ހުރި ކަމަށާއި އޭގެތެރޭގައި އާމްދަނީއާ ގުޅޭ އެއްވެސް ދަރަންޏެއް ނެތް ކަމަށެވެ. އެހެންވެ، ރުފިޔާގެ އަގު ދަށްވެ، ވަރަށް ގިނަ ކަންތައްތަކެއް ހުރީ "އޮޅުން ބޮޅުން" އަރާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިކޮނޮމިކް މިނިސްޓަރު ސައީދާއި ރައީސް މުއިއްޒު ސަލާންކުރައްވަނީ: މާލީ ނިޒާމު ހަމައަކަށް އެޅި އިތުބާރު ގާއިމުވާތަން ފެންނަ ކަމަށް ސައީދު ވަނީ ވިދާޅުވެފައި ---- ފޮޓޯ/ ރައީސް އޮފީސް އިތުރަށް ސައީދު ވިދާޅުވީ، ދައުލަތް ހިންގުމުގެ ކަންކަން ވެސް ސަރުކާރު ހަވާލުވިއިރު ބޮއްސުންލާފައި އޮތް ކަމަށެވެ. އޭގެ އަސަރު އިގުތިޞާދަށްކޮށް، ކްރެޑިޓް ރޭޓިން ދަށްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ތުހުމަތުކުރެއްވި ގޮތުގައި، ސަރުކާރު ހަވާލުވިއިރު، މާލީ ނިޒާމު އެއްކޮށް އޮތީ ފުނޑިފައެވެ. މިދިޔަ ދެ އަހަރު އިތުގިޞާދަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކަށް ސައީދު ފާހަގަކުރެއްވީ، މިހާތަނަށް ރާއްޖެ ދަރަނިވެރިނުވެ ގައުމު ހިންގުމެވެ. މިހާރު މާލީ ނިޒާމު ހަމައަކަށް އެޅި، އިރާދަކުރެއްވިއްޔާ އިތުބާރު ގާއިމުވަމުންދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީއިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިނަލްއަގްވާމީ ގޮތުން އެންމެ ބޮޑު އެއް ރޭޓިން އެޖެންސީ ކަމަށްވާ މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީއޭއޭ2' ގައި ދަމަހައްޓައިފައިވަނީ މިދިޔަ މެއި މަހެވެ. އޭގެ ކުރިން، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ. އެ އޭޖެންސީތަކުން ފާޅުކުރި މައިގަނޑު ކަންބޮޑުވުމަކީ، ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތުމެވެ. ރާއްޖޭން އަންނަ އަހަރު ރެކޯޑު އަދަދެއް ކަމަށްވާ، 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެއެވެ. އެ ދަރަނި ދައްކަން ބޭނުންވާ ފައިސާ ހޯދަން ބޮންޑު ނުވަތަ ސުކޫކް ވިއްކުން އަވަސްކޮށް، ސަރުކާރުގެ ޚަރަދުތައް އެންމެ އިސްކަން ދޭން ޖެހޭ ތަރުތީބުން ކުރުމަށް މަރުކަޒީ ބޭންކުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ލަފާދީފައެވެ. https://sun.mv/213953 ސަރުކާރުން ޚަރަދު ކުރަން އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ދަރަނި ނުދެއްކިދާނެ ކަމަށް އިދިކޮޅުން ވެސް އަންނަނީ ބުނަމުންނެވެ. އޭގެ ސަބަބަކީ، ރާއްޖެއަށް ބޭރުގެ ފަރާތްތަކުގެ އިތުބާރު ގެއްލި، ފައިސާ ދޭން ފަސްޖެހުން ކަމަށް އިދިކޮޅުން ބުނެއެވެ. އެހެންނަމަވެސް، ސަރުކާރުން އަންނަނީ އަންނަ އަހަރުގެ ދަރަނި ދެއްކޭނެ ކަމުގެ ޔަގީކަން އޮތް ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ