ކޯޓުތަކުން ވަކިކުރި އެޑްމިނިސްޓްރޭޓަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް

ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދިނުމަށް އެންގި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓަރާއި، ފެމިލީ ކޯޓުގެ އެޑްމިނިސްޓްރޭޓަރާއި، ހައި ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ އިތުރުން 7 މެޖިސްޓްރޭޓް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.
އެމައްސަލާޣއި ވަޒީފާ އާ ބެހޭ ޓްރިބިއުނަލުން ނިންމާފައިވަނީ އެ އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދިނުމަށެވެ. އެއަށްފަހު މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން ހައި ކޯޓުންވެސް ވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޯށް ވަޒީފާ އަލުން ދިނުމަށް ހުކުމްކޮށްފައެވެ.
ޖޭއެސްސީގެ ފަރާތުން އެމައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ޖޭއެސްސީން ބުނީ އެޑްމިނިސްޓްރޭޓަރުން ވަކިކޮށްފައިވަނީ އަދާކުރަމުން ދިޔަ މަގާމު އުވުމުން ކަމަށެވެ. އެހެންނަމަވެސް ހައި ކޯޓާއި ޓްރައިބިއުނަލުން ވެސް ނިންމާފައިވަނީ އެމަގާމުތައް އުވުނީ ކަމަށް ނުބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ