ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ އެޖެންޑާ އަކީ ނަފްރަތު ކަމަށާއި ނަފްރަތަށް ދިވެހީން ނުވިކޭނެ ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިފަދައިން ވިދާޅުވީ އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ނޫހެއް ކަމަށްވާ "އޭ.އެން.އައި" އަށް ދެއްވި ބަސްދީގަތުމެއް ގައެވެ.
"އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އިދިކޮޅުގެ އެކެމްޕެއިނަކީ އެއްވެސް މަސައްކަތެއް ނެތް ބަޔަކު އިސްނަގައިގެން އުޅޭ ކެމްޕެއިނެއް ކަމަށާއި، އެމީހުންގެ ސިޔާސީ، އިޖްތިމާއީ، އިގްތިސާދީ ތަރައްގީގެ އެޖެންޑާއެއް ނެތް ކަމަށެވެ.
މި މޭރުމުން ވާހަކަފުޅު ދައްވަމުން މިނިސްޓަރ ޝާހިދު ވަނީ އިންޑިއާއާއި ދެކޮޅަށް ހިންގާ އެކެމްޕޭނަކީ ދޮގު މައުލޫމާތާއި ނުބައި ޕްރޮޕެގެންޑާއެއްގެ މައްޗަށް ބިނާ ކޮށްފައިވާ ކެމްޕެއިނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ސަބަބުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ އެކެމްޕޭން ހުއްޓުވުމަށް އަންގަވައި ގަރާރެއް ވެސް ނެރުއްވާފައިވާކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް، ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ދިވެހިން އަޅުވެތިކުރުވަން މަސައްކަތްކުރާ ބަޔަކާއި ދެކޮޅަށް ދިވެހިން ތެދުވާނެކަން ދަންނަން ޖެހޭނެކަމަށާއި، އިދިކޮޅުގެ ކެމްޕެއިނަށް ރައްޔިތުންގެ ތާއީދު އެބައޮތް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.
"އިންޑިއާ އައުޓް" ކެމްޕެއިންގެ އެޖެންޑާއަކީ ނަފްރަތު: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ