ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ބީއެމްއެލްއިން ޕްރޮޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން ހޮވޭ 3 ފަރާތަކަށް 15،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު 9 ފަރާތެއް ގުރުއަތުން ހޮވުމަށް ބޭންކުން ހަމަޖައްސާފައިވާއިރު ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް 500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 750 ރުފިޔާގެ ގިފްޓް ކާޑެއް ލިބުމާއި 501 ޑޮލަރާއޮ 1000 ޑޮލަރާއި ދެމެދުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއްގެ ލިބިމުގެ ފުރުސަތުގެ އިތުރުން 1،000 ޑޮލަރުން މަތީ ޓްރާންސެކްޝަން ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 3،500 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީމިއަދުން ފެށިގެން ޑިސެމްބަރުމަހުގެ 18ވަނަ ދުވަހާއި ހަމައަށްކަމަށް ބޭންކުން މައުލޫމާތުދެއެވެ.
މި ޕްރޮމޯޝަންއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބޭންކުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ