ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން މާދަމާ އާއި އޭގެ އަނެއް ދުވަހު ސަރުކާރު ބަންދު ނަމަވެސް، އެ ދެ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަންނަ ގޮތަށް އެ ކޯޓުން ނިންމައިފިއެވެ.
މިއަދު ކުރި އިއުލާނެއްގައި ސުޕްރީމް ކޯޓުން ވަނީ މިނިވަން ދުވަހާ ގުޅިގެން މާދަމާ އާއި އޭގެ އަނެއް ދުވަހު އެ ކޯޓުގެ ރެޖިސްޓްރީ ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކާއި، މި ހަފްތާ އާއި ކުރިއަށް އޮތް ހަފްތާގެ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަންނާނެ ގަޑިތައް އާންމުކޮށްފައެވެ. އެގޮތުން:
ބަންދު ދުވަސްތަކުގައި ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް އެ ކޯޓުން ބަލައިގަންނަ ގޮތަށް ހަދާފައި މި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކަށް، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން އެ ފުރުސަތު ހުޅުވާލާފައި ވަނިކޮށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތާ މެދު ހިލާފު އުފެދޭ މައްސަލަތަކާއި، ރިޔާސީ އިންތިހާބާ ގުޅުންހުރި އެހެނިހެން މައްސަލަތައް ބެލުމުގެ ބާރު ލިބިފައި ވަނީ ސުޕްރީމް ކޯޓަށެވެ.
އިންތިހާބުތަކާ ދިމާކޮށް، އިންތިހާބާ ގުޅޭ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ގޮތެއް ހެދުމަށްޓަކައި ސުޕްރީމް ކޯޓާއި ހައިކޯޓު ނުރަސްމީ ދުވަސްތަކުގައި ވަކި ވަގުތުތަކެއްގައި އަބަދު ވެސް ހުޅުވައެވެ.
މިފަހަރު މިނިވަން ދުވަހު ވެސް ސުޕްރީމް ކޯޓު ހުޅުވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ