ކަރަންޓު ކިތަންމެ ގިނައިން ބޭނުންކުރި ނަމަވެސް ކަރަންޓު ފީ ނަގާ ރޭޓު ބޮޑު ނުވާގޮތަށް ފްލެޓު ރޭޓަކުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.
އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ ރޭ ހުވަދޫ ޖަގަހާގައި ބޭއްވި ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގޭގެއަށް ހިންގެވުމުން އެންމެ ގިނައިން އިވި ވަޑައިގަންނަވާ ޝަކުވާއަކީ، ލިބޭ މުސާރައިން ބިލުތައް ދައްކާފައި ބާކީ އެއްޗެއް ނޯންނަ ކަމުގެ ޝަކުވާ ކަމަށާ އެގޮތުން ކަރަންޓު ބިލަށް ލުއި ދިނުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.
އެހެންކަމުން މިހާރު ކަރަންޓު ބިލަށް ވަރަށް ބޮޑު ލުޔެއް ދިނުމަށް ނިންމާވާފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއަކު ވެސް ކަރަންޓޫ ރޭޓު، ފްލެޓު ރޭޓަކުން ނަގާ ގޮތަށް. ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިއަސް، އެ ބޮޑުވާ ނިސްބަތް ބޮޑު ވެގެންނެއް ނުދާނެ."
ރައީސް ގެންދަވަނީ މާލޭގެ ގެތަކަށް ޒިޔާރަތްކުރައްވާ އާއްމު ރައްޔިތުންނަށް ދަތިވެފައިވާ ގިނަކަން ދެނެގަނެ އެކަންކަމަށް ހައްލު ހޯއްދަވައިދެއްވަމުންނެވެ.
ކަރަންޓު އަގު ހެޔޮކުރަން ޓެރިފް ރޭޓް އެއްހަމަކުރަން ރައީސް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ