ޔޫއެފާ ނޭޝަންސް ލީގުގައި މިމަހު ގްރީސް އާއި ގިންލޭންޑާއި ދެކޮޅަށް އިންގްލޭންޑް ކުޅޭ ދެ މެޗަށް އެކުލަވާލި ސްކޮޑުން ހަތް އަހަރަށްފަހު ޓޮޓްންހަމްގެ ފޯވަޑް ޑޯމިނިކް ސޮލާންކޭ އަށް ފުރުސަތު ދީފި އެވެ.
ގެރެތް ސައުތު ގޭޓް އިންގްލޭންޑްގެ ކޯޗު ކަމުން ވަކިވުމުން ވަގުތީ ގޮތުން ކޯޗު ކަމާއި ހަވާލުވެހުރި ލީ ކާސްލީގެ އިރުޝާދުގެ ދަށުން އިންގްލޭންޑް ކުޅެމުންދާއިރު, ސޮލާންކޭ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ 2017 ވަނަ އަހަރު ބްރެޒިލް އާއި ދެކޮޅަށް ކުޅުނު މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ސޮލާންކޭ ގައުމީ ޓީމަށް ނެގުމަށްފަހު ކާސްލީ ބުނެފައިވަނީ އެންމެ ފަހުން ނެގި ސްކޮޑުގައިވެސް އޭނާ ހިމެނުމަށް ނިންމި ކަމަށާއި ނަމަވެސް ސޮލާންކޭ އަށް ލިބުނު އަނިޔާގެ ސަބަބުން އެ ފަހަރު ސްކޮޑުގައި ހިމަނާފައިނުވާ ކަމަށެވެ. އަދި ބޯންމަތުގައި އޭނާ މޮޅު ކުޅުމެއް ދެއްކުމަށްފަހު މިހާރު ޓޮޓްންހަމްގައި އެފަދަ މޮޅު ކުޅުމެއް ދައްކަމުންދާ ކަމަށެވެ.
ސޮލާންކޭއަށް ފުރުސަތު ދީފައިވާއިރު ކާސްލީ ވަނީ އެންމެ ފަހުން ސްކޮޑުގައި ނުހިމެނޭ ކައިލް ވޯލްކާއަށްވެސް މި ފަހަރުގެ ސްކޮޑުން ފުރުސަތު ދީފަ އެވެ. އަދި އަނިޔާގެ ސަބަބުން ސެޕްޓެމްބަރ މަހު ސްކޮޑުގައި ނުހިމެނޭ ޖޫޑް ބެލިންހަމްވެސް ވަނީ ސްކޮޑަށް ނަގާފަ އެވެ.
މި ފަހަރުގެ ސްކޮޑުން ފުރުސަތު ނުލިބޭ ކުޅުންތެރިންގެ ތެރޭގައި އެސްޓަން ވިލާގެ މޯގަން ރޮޖާސް އާއި މެންޗެސްޓަރ ޔުނައިޓެޑްގެ ހެރީ މެގުއާ އާއި ޓޮޓްންހަމްގެ ޖޭމްސް މެޑިސަންގެ އިތުރުން ކްރިސްޓަލް ޕެލަސްގެ އެބެރެޗީ އެޒޭ ހިމެނެއެވެ.
ކާސްލީގެ އިރުޝާދުގެ ދަށުން ނޭޝަންސް ލީގުގައި ފިންލޭންޑާއި ރިޕަބްލިކް އޮފް އަޔަލޭންޑާއި ދެކޮޅަށް އިންގްލޭންޑް ކުޅުނު ދެ މެޗު އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.
ހަތް އަހަރަށްފަހު ސޮލާމްކޭ އަށް އިނގިރޭސި ގައުމީ ޓީމުން ފުރުސަތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ