ކޮންގްރެސްގެ ކެންޑިޑޭޓް ބަލިކޮށް ތިމަރަފުށީ ގޮނޑި ރައީސްގެ ކެންޑިޑޭޓަށް

ރައީސްގެ ތާއީދު ރިޔާޒަށް ދެއްވީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ވިދާޅެއް ނުވެ އެވެ. އަދި ސަނާހް އަށް އިތުބާރު ނުކުރެއްވުނީ ކީއްވެ ކަމެއް ވެސް ސާފެއް ނުވެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ތިމަރަަފުށީ ދާއިރާގެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި އަހްމަދު ރިޔާޒު ކާމިޔާބު ކުރައްވައިފި އެވެ.
ތިމަރަފުށީ ގޮނޑިއަށް ފަސް ކެންޑިޑޭޓަކު ވާދަކުރިއެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓަކާއި ކޮންގްރެސްގެ ކެންޑިޑޭޓަކާއި އަމިއްލަ ދެ ކެންޑިޑޭޓުންނާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓެކެވެ.އެ ދާއިރާއަށް ކޮންގްރެސް ޓިކެޓް ގައި ވާދަކުރެއްވީ އިބްރާހިމް ސަނާހް އެވެ. ނަމަވެސް ރައީސް މުއިއްޒު ނިންމެވީ ސަނާހް އަށް ތާއީދު ނުކޮށް އަމިއްލަ ގޮތުން ވާދަ ކުރެއްވި އަހްމަދު ރިޔާޒެވެ. އެއީ މިހާރުގެ މެންބަރު / ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ ބޭބެ އެވެ.ރައީސްގެ ތާއީދު ރިޔާޒަށް ދެއްވީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ވިދާޅެއް ނުވެ އެވެ. އަދި ސަނާހް އަށް އިތުބާރު ނުކުރެއްވުނީ ކީއްވެ ކަމެއް ވެސް ސާފެއް ނުވެ އެވެ.މިއަދުގެ އިންތިހާބު ގައި އެންމެ ގިނަަ ބަޔަކު ޝައުގުވެރިކަން ހުއްޓުނީ މި ދާއިރާ އަށެވެ. 770 ވުރެ ގިނަ ވޯޓާ އެކު ރިޔާޒު ވަނީ ކުރި ހޯއްދަވާ ފައެވެ. ސަނާހް ވެސް ވަނީ 700 ވުރެ ގިނަ ވޯޓް ހޯއްދަވާ ފައެވެ. އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރެއްވި މީރާގެ ކުރީގެ ވެރިޔާ ފަތުހުﷲ ޖަމީލަށް ލިބުނީ 688 ވޯޓެވެ. ފަތުހުﷲ އެ މަގާމުން އިސްތިއުފާ ދެއްވީ ސީދާ މި އިންތިހާބު ގައި ވާދަކުރެއްވުމަށެވެ.ފަހު ވަގުތު ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ފާތިމަތު ޒިމާގެ ތާއީދު ވެސް ދިނީ ރިޔާޒަށެވެ. ރައީސް މުއިއްޒުގެ ފަރާތްޕުޅުން ބައެއް ވަޒީރުން، ތިމަރަފުއްޓަށް ވަޑައިގެން ރިޔާޒަށް ކެމްޕެއިން ކޮށް ދެއްވުމުން ހަމަނުޖެހުން ހިންގާ ރަށް ވަރަށް ބޮޑަށް ހަލަބޮލި ވެސް ވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ