އިތުރު ގޮނޑިއެއް، އިޓަލީ ވެސް ކޮންގްރެސް ޕާޓީއާ ގުޅިއްޖެ

ރަޝީދު، ކޮންގްރެސްއާ ގުޅިވަޑައިގެންފައިވާއިރު އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބު ހޯއްދެވި ހަ ކެންޑިޑޭޓަކު ވަނީ ކޮންގްރެސްއާ ގުޅިވަޑައިގެންފައެވެ.
ވަރަށް ވާދަވެރިވި ހދ. ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަމިއްލަ ކެންޑިޑޭޓް މުހައްމަދު ރަޝީދު (އިޓަލީ - ގަދަގޭ ރަޝީދު) ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
ކޮންގްރެސް ޕާޓީން ބުނީ ‏ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ރަޝީދު ޕީއެންސީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.ފަސް ކެންޑިޑޭޓުން ވާދަކުރި އިންތިހާބު ގައި ރަޝީދު ވަނީ 650 ވުރެ ގިނަ ވޯޓް ހޯދާފައެވެ. ރަޝީދުއާ އެންމެ ގާތުން ވާދަކުރި ކޮންގްރެސްގެ އަހްމަދު އަޝްރަފަށް ލިބުނީ 590 އެއްހާ ވޯޓެވެ.ތިން ވަނަ އަށް ދިޔައީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަބްދުއްރަހްމާން އެވެ.އެ ދާއިރާގެ މެންބަރު -- އާންމުންގެ މެދުގައި ވަރަށް މަގުބޫލު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ލިބުނީ ލަފާކުރި ވަރަށް ވުރެ ދަށް ނަތީޖާ އެކެވެ. ނަޝީދަށް ލިބުނީ 300 އެއްހާ ވޯޓެވެ.ޖޭޕީ ޓިކެޓް ގައި ވާދަކުރި ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީ ދިޔައީ ފުލަަށެވެ.ރަޝީދު، ކޮންގްރެސްއާ ގުޅިވަޑައިގެންފައިވާއިރު އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންތަކެއް ވެސް ވަނީ އެ ޕާޓީއަށް ސޮއި ކުރައްވާފައެވެ. އެއީ؛
މި މެންބަރުންނާއެކު ކޮންގްރެސްގެ މެންބަރުންގެ އަދަދު 73 އަށް އެރީ އެވެ. ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުންގެ އަދަދު 75 ވުރެ އިތުރުވާނެ އެވެ.މަޖިލިސް އިންތިހާބުގެ ކުރިން ޖެނުއަރީ 27 ގައި ކޮންގްރެސް އިން އެޕާޓީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމެރީއެއް ބޭއްވި އެވެ. އެ ޕްރައިމެރީގައި ވާދަކޮށް ޓިކެޓު ކާމިޔާބުކުރި ބައެއް މެންބަރުންނަށް އެ ޕާޓީއިން ތާއީދުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ތާއީދު ކޮށްފައި ވަނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށެވެ. ކޮންގްރެސްގެ ޓިކެޓު އޮތް ކެންޑިޑޭޓުން ތިއްބަވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ ޕާޓީގެ އިސްވެރިން އަމިއްލަ ކެންޑިޑޭޓުންގެ ކެމްޕޭންތަކުގައި ވެސް ހަރަކާތްތެރިވެ ވަޑައިގަތެވެ. އަދި ސަޕޯޓަރުންނަށް ވެސް ރައީސް މުއިއްޒު "އެންޑޯސް" ކުރައްވާ ކެންޑިޑޭޓުންގެ ގޮތުގައި ދައްކާފައި ވަނީ އެ ބޭފުޅުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ