ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ.
ޕީއެންސީން ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު މިއަދު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ.
ޕީއެންސީއާއި އަލްސަން ގުޅިވަޑައިގަތުމުން ފޯމާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
އަލްސަންގެ އިތުރުން މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި އަށް އިންތިޚާބީ މެންބަރަކު ވެސް ވަނީ ޕީއެންސީ އަށް މިއަދު ސޮއިކޮށްފައެވެ. އެ މެންބަރުންނަކީ،
މި މެންބަރުންގެ ސޮޔާއެކު ޕީއެންސީއަށް ނިސްބަތްވާ 20 ވަނަ މަޖިލީހުގެ މެންބަރުންގެ ޢަދަދު މިހާރު މިވަނީ 75 އަކަށް އަރާފައެވެ.
20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ޖުމްލަ 93 ދާއިރާގެ ތެރެއިން ޕީއެންސީ އަށް 66 ގޮނޑި ކާމިޔާބުވިއިރު، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުވީ 12 ގޮނޑިއެވެ. އެމްޑީއޭ އަށް 2 ގޮނޑި، އެމްއެންޕީއަށް ގޮނޑިއެއް، ޖޭޕީ އަށް ގޮނޑިއަށް ކާމިޔާބުވިއިރު މިނިވަން 11 މެންބަރަކު ގޮނޑި ކާމިޔާބު ކުރެއްވިއެވެ.
މި އިންތިޚާބުގައި ވާދަކުރި އަދާލަތު ޕާޓީއާ އަށާއި ދަ ޑިމޮކްރެޓްސް އަދި ކުރީގެ ރައީސް ޔާމީން ޢަބުދުﷲ ޔާމީންގެ ތާއީދު ދެއްވި ކެންޑިޓުންނަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު އަލްސަން ޕީއެންސީ އަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ